
ނ.ލަންދޫ އުފާ ގޭގެ 3 ކުޑަދޮރު ރޭގެ ފަތިހުގެ ވަގުތެއްގައި ތަޅައިލައިފިއެވެ. މިހާދިސާ ހިގިއިރު ކޮޓަރި ވަނީ އިއްޔެ ތަޅަން އެޅުމަށްޓަކައި ހުސްކޮށްފައެވެ. މިހެންވެ އެކޮޓަރީގައި އެއްވެސް ބަޔަކު ނުނިދައެވެ.
ބެލެވޭ ގޮތުގައި މި 3 ދޮރުވެސް ތަޅާފައިވަނީ ހޮޅިގަނޑެއް ބޭނުން ކޮށްގެންނެވެ. އުފާގޭ ގޯތި ތެރޭގައި ކަށިވެލިލައިފައި ވުމުގެ ސަބަބުން އެއްވެސް ފިޔަވަޅެއް އެގޭކަށް ނެތެވެ. ކައިރީގައި ހުރި 3 ގެޔެކަށް ބާރު އަޑުފަށްގަނޑެއް އިވުނުކަމަށް އެގޭގެ މީހުން މިބުލޮގަށް މައުލޫމާތު ދިނެވެ.
ވަރަށް ބާރަށް މީހަކު އެގޭ ކުރިމަތިން ދުވެފައި ދިޔަ އަޑު އިވުނު ކަމަށް އަލިމަސްގޭ ބަކުރުބެ ބުންޏެވެ. މިއީ ކޮންބައެއް ކުރި ކަމެއްތޯ ބެލުމަށް މިހާރު ދަނީ ގެގެ މީހުން މަސައްކަތްތަކެއް ކުރަމުންނެވެ.
ލަންދޫގައި މިފަހަކަށް އައިސް ކުރިއަށް މިގެންދާ ޖެއްސުން ކުރުމާއި ވައްކަމުގެ ޕުރޮގުރާމުގެ ދަށުން ދާދިފަހުން ލިލީމާގެއިން ފައިސާތަކެއް ވަގަށް ނެގުމާއި، ވައިލެޓްމާގެއަށްވަދެ އެގޭގެ ފެންލައިޓެއް ހަލާކުކޮށްލައިގެން ކޮޓަރިއެއް ތެރެއަށްވަދެ މޭޒެއްގެ ވަތްގަޑުގައި ރައްކާކޮށްފާ ހުރި ފައިސާތަކެއް ވަގަށް ވަނީ ނަގާފައެވެ.
0 ޚިޔާލު: on "ލަންދޫގައި ކުރިއަށް ގެންދާ ޖެއްސުން ކުރުމާއި ވައްކަމުގެ ޕުރޮގުރާމުގެ ދަށުން ރޭ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ