
ކީރިތި ގުރުއާން ކިޔަވައިދިނުމުގެ ކުލާސްތަކެއް ނ. ލަންދޫ އަސްރަފީގެ އަލީ ޒިޔާދު ފަށައިފިއެވެ. މުދިމް ކޯސް ފުރިހަމަ ކޮށްފައިވާ އަލީ ޒިޔާދު ލަންދޫ ހެޑްލައިންސަށް މައުލޫމަތު ދެއްވަމުން ބުނުއްވީ މިކުލާސް ތައް ކުރިއަށް ގެންދާ އެންމެ ބޮޑު ބޭނުމަކީ ލަންދޫގައި ގުރުއާން ރަގަޅަށް ތަޖުވީދަށް ކިޔަން އެގޭ ކުދިންތަކެއް ނެރުން ކަމުގައެވެ.
މިހާރު ޖުމުލަ 29 ކުދިން އުޅޭކަމަށާއި އަދިވެސް ބައިވަރު މީހުން ބައިވެރި ވުމަށް އެދެމުންދާ ކަމުގައި ޒިޔާދު ބުނުއްވިއެވެ. ވަގުތު ނެތުމުން ފުރުސަތު ނުދެވެނީ ކަމަށާއި އިތުރު ދެ ޓީއުސަން ގަޑިއެއް ވެސް ނަގަމުންދާ ކަމުގައި ބުނުއްވިއެވެ.
އަލީ ޒިޔާދު ވަނީ އެންމެ ފަހުން ބޭއްވުނު ލަންދޫ ސުކޫލުގެ ގުރުއާން މުބާރާތާއި ލިޔެސްގެ ގުރުއާން މުބާރާތުގެ ޖަޖުކަން ކޮށްފައެވެ.
އަލީ ޒިޔާދަކީ މަޑުމާތްތިރި ، ދީނީ ކަންކަމުގައި އެހެން ޒުވާނުންނަށް ނަމޫނާ ބޭފުޅެކެވެ. މީގެ ސަބަބުން ވަރަށް ގިނަ މީހުންގެ ލޯބި އޭނާ އަށް ވަނީ ލިބިފައެވެ.
0 ޚިޔާލު: on "ކީރިތި ގުރުއާން ކިޔަވައިދިނުމުގެ ކުލާސްތަކެއް ނ. ލަންދޫ އަސްރަފީގެ އަލީ ޒިޔާދު ފަށައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ