Thursday, September 9, 2010

ތިމާޔަކީ ކެރޭމީހެއްކަމާއި ޖެހިލުންކުޑަ މީހެއްކަން ދެއްކުމަށް ދެއްކޭވާހަކަ އެއް އެނގޭބާ؟



އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮވެއެވެ. އެއީ އަޅުގަޑުމެން ކޮންމެ މީހަކުވެސް ހިތުގެ އެންމެފުންމިނުން އަގުކުރާ އެއްޗެކެވެ. ތިމާގެ އަބުރާ އިއްޒަތަށް އަރައިގެންފިނަމަ، އެމީހެއްގެ ފެންވަރުންނާއި ގާބިލުކަން ހުރި އެންމެ މަތީދަރަޖައަކަށް އޭގެ ދިފާއުގައި ނިކުތުމަކީ އިންސާނީ ތަބީއަތެވެ. އެއީ އެމީހެއްގެ ހައްގެކެވެ.
ދިވެހިންގެ ތެރޭގައި މުނިފޫހިފިލުވުމުގެ މާގިނަ ކަންތައްތަކެއް ނޯވެއެވެ. އެހެންކަމުން، މުނިފޫހިފިލުވުމުގެ ގޮތުން ހޮޅުއަށިތަކާއި ވައްގޭގައި މީހުންގެ އަބުރާއި ބެހުމާއި ނެތިނުބައިކިޔުމަކީ އާންމުކަމެކެވެ. އެއީ ދިވެހި އާދަކާދައިގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ދުލާއިގަލަމުގެ މިނިވަންކަން ވަކިހައްދެއްނެތި ލިބުމުގެ މުނާސަބަތުގައި މިހާރު މިކަންތައްވަނީ އިންތިހާ ދަރަޖަޔަށް އުފުލިގެން ގޮސްފައެވެ. އަބުރާއި އިއްޒަތުގެ ޝަރަފު މިއަދު ދިވެހިންނަކަށް ނެތެވެ. އެއީ ދިވެހިންނަށް ލިބިގެން މިއުޅޭ އާމިނިވަންކަމުގެ ހަގީގަތެވެ.
މުނިފޫހިފިލުވުމަށްޓަކާ ކޮންމެ ވެސް އެއްޗެކޭ ވީދެނީއެވެ. ހިތުހުރި އެއްޗެއް ކިޔަނީއެވެ. އެއީ ތިމާމެންގެ ދުލުގެ މިނިވަންކަން ކަމުގައި ދެކި އެގޮތަށް ގަބޫލުކޮށްގެންނެވެ. އަމުދުން ކިރިޔާޥެސް ތަނަވަސްކަން ހުރި ކޮންމެ މީހެއްގެ ވާހަކަތައް ހަދަހަދައިގެންނެވެ. އެފަދަ ވާހަކަތަކަކީ އަޑުއަހަންތިބޭމީހުންގެ ސަމާލުކަމާއި ޝައުގުވެރިކަން ދަމައިގަތުމަށް ނުހަނު ފަސޭހަ ހަތިޔާރުތަކެވެ. ތިމާގެ އަގުއުފުލިގެން ދިޔުމަށެވެ. ތިމާޔަކީ ކެރޭމީހެއްކަމާއި ޖެހިލުންކުޑަ މީހެއްކަން ދެއްކުމަށެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ތިމާޔަކީ ކެރޭމީހެއްކަމާއި ޖެހިލުންކުޑަ މީހެއްކަން ދެއްކުމަށް ދެއްކޭވާހަކަ އެއް އެނގޭބާ؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ