
ކައްކަށް މޮޅީކީ އަހަމެކަނި އަންހެންނުންނެއްނޫންކަން އަހަރެންނަށް ފުރަތަމަ އެގުނީ މިރަށު ވަލުގޯއްޗަށް ޕިކްނިކް ދިޔަދުވަހަކުއެވެ. އެދުވަހު އިބްރާހިމް މުއާޒް (މޯޖޯ) ހެދި ސްޕެގެޓީ ގަޑަކުންނެވެ. ދަތުރުދާއިރު އައްކަނީ އަމިއްލަޔަށް ކަމުން އަހަރެމެންގެ ތެރޭގައިވެސް ވަރަށް މީރުކޮށް ކާއެއްޗެތި ތައްޔާރުކުރާ ކައްކާއިންމިވަނީ އުފެދިފައެވެ. މިގޮތުން މޯޖޯއަކީ ފާހަގަކޮށްލެވޭ ކައްކާއެކެވެ. މީނާ ވަނީ މުޅިން އާވައްތަރެއްގެ ކޮއްތުރޮއްޓެއްވެސް ހަދާފައެވެ. މީގެ އިތުރުން ޖަވާ އަކީ ހަމައެކަނި މޮޅު ފުޓްބޯޅަކުޅުންތެރިއެއްނޫނެވެ. ކެއްކުމާއި މަސްހުނި މޮޑުމަކީވެސް މީނާ ފުދޭވަރަކަށް ކުރިއަރާފައިވާކަމެކެވެ.
0 ޚިޔާލު: on "ކެއްކުމަކީވެސް ފިރިހެނުން ކުރާކަމެއް............."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ