Thursday, September 9, 2010

މާދަމާގެ މެޗަށް ޓީމް ނަގާނީ ޕްރެކްޓިސްއަށް ބެލުމަށް ފަހު




މިއަހަރުގެ ކުޑައީދުގެ މުނާސަބާގައި ކުޑަފަރިޔާއި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަށް ޓީމްތައްޔާރުވަމުންދާއިރު ޓީމަށް ކުޅުންތެރިން ނެގުމުގައި އިސްކަންދޭނީ ދަނޑުނޮޅުމުގަޔާއި ދަނޑުފެވުމުގައި ބައިވެރިވާ ކުޅުންތެރިންނަށް ކަމުގައި އިއްޔެ ދަނޑުގައިބޭއްވި ބައްދަލުވުމަކުން ނިންމައިފިއެވެ. ކުރިން ޕްރެކްޓީސްއަށް ބެލިކަމުގައި ވިނަމަވެސް މިފަހަރު ޕްރެކްޓިސް ކުރަނީ ދަޑުނޮޅުމުންނާއި ދަޑުފެވުމުންނެވެ. މިދެކަމުގައި ބައިވެރިވީމަ ޓީމަށްއެއެރުނީއެވެ. މިފަހަރުގެ ޕްރެކްޓިސްގައި ބޯޅައެއް ބޭނުމެއްނުކުރާނެއެވެ. މިގޮތަށް ހަދަންޖެހުނީ ޓީމަށް އަރާބައެއް ކުޅުންތެރިން އެއްވެސް މަސައްކަތެއްގައި ބައިވެރިނުވެ ހަމައެކަނިމެޗަށް އަރަންވީމަ ޓީމްފެންނާތީއެވެ. ދަނޑުނޮޅަންޖެހެނީ ފަސްވަރަކަށް މީހުންނެވެ. އެހެންނަމަވެސް ޖާޒީ އަޅަން ގޮވާލީ މަ ތަންފުރެއެވެ. އޭރުންއޮންނަނީ ޖާޒީވެސް މަދުވެފައެވެ. މިއީ މިއަދު ހުރިހާ ކުޅުންތެރިން ގުޅިގެން ބަދަލުކުރަންވެއްޖެ ކަމެކެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މާދަމާގެ މެޗަށް ޓީމް ނަގާނީ ޕްރެކްޓިސްއަށް ބެލުމަށް ފަހު"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ