
އިނގިރޭސި ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑުގެ މަޝްހޫރު ފޯވާޑް ވޭން ރޫނީގެ ކައިވެނި ރޫޅުމަކަށް އަތުވެއްޖެކަމަށް ދުނިޔޭގެ މަޝްހޫރު ބައެއް މީޑިޔާ ރިޕޯޓްތަކުން ބުނަމުން އެބަގެންދެއެވެ.
ވޭން ރޫނީ، އުމުރުން 21 އަހަރުގެ އިނގިރޭސިވިލާތުގެ ހަށިވިއްކާ ޒުވާން އަންހެން ކުއްޖެއްކަމުގައިވާ ޖެނިފާ ތޮމަސަންއާއެކު މީގެ އަހަރެއްހާ ދުވަސްކުރިން ހިންގި ބަދުއަހުލާގީ އަމަލުތަކެއް ފަޅާއަރައި، މިކަމުގެ ރުޕޯޓްތައްދަނީ މީޑިޔާގައި ޝާއިޢު ކުރަމުންނެވެ. ރޫނީގެ ބަދުއަހުލާގީ މައްސަލަތައް ރޫނީގެ އަންހެނުން ކޮލީން ރޫނީ އަށާއި، ދުނިޔޭގެ މަޝްހޫރު ބޮޑެތި ހުރިހާ މީޑިޔާތަކަށް ހާމަކުރީ، ރޫނީއާއެކު ބަދައަހުލާގީ އަމަލު ހިންގި ޖެނިފާ މީޑިޔާގައި އެވާހަކަ ދައްކައި އަދި މިކަމަށް ރޫނީ އިއުތިރާފް ވުމުންކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ޖެނިފާ ބުނެފައިވަނީ ރޫނީ އޭނާއާއެކު 4 މަސްދުވަހުގެތެރޭގައި 7 ފަހަރެއްގެމަތިން ގުޅުން ހިންގާފައިވާކަމަށެވެ. އަދި އޭރު ރޫނީގެ އަންހެނުން ކޮލީން އިނީ ރޫނީއާއި ކޮލީންގެ ފުރަތަމަ ދަރިފުޅު ކައި ރޫނީ (މިހާރު އުމުރުން 10 މަސް) އަށް ބަލިވެކަމަށެވެ. "ރޫނީއާއެކު ގުޅުން ހިންގި ކޮންމެފަހަރަކު 1000 ޕައުންޑް ރޫނީ ދިން. ރޫނީ ދިމާވީ ބާރއެއްގެތެރެއިން." ޖެނީފާ ބުނެފައި ވެއެވެ. ޖެނިފާ ބުނީ އޭނާއަށް ލިބުނު އެންމެބޮޑަށް ހައިރާންވީ ރޫނީގެ ގެއަށް އައުމަށް އޭނާއަށް ދައުވަތު ދިނުމުންކަމަށެވެ.
ރޫނީގެ އަންހެނުން ކޮލީން ބުނީ، ރޫނީގެ މުޑުދާރު އަމަލު އޭނާއަށް އެނގިއްޖެ ކަމަށާއި، ރޫނީއާއެކު އިތުރަށް ދެން އުޅެން ބޭނުން ނުވާކަމަށެވެ. "އޭނާ (ރޫނީ) މިކަން ކުރިކަމަށް އެއްބަސްވި. އަހަރެން އިތުރަށް ދެން ބޭނުމެއްނޫން އޭނާއާއެކު އުޅޭކަށް" މީގެ ދެއަހަރުކުރިން 2008 ވަނަ އަހަރު ރޫނީއާ ކައިވެނިކުރި ކޮލީން ބުންޏެވެ.
ރިޕޯޓްތައް ބުނާގަޮތުގައި، ކޮލީން މިހާރުވަނީ ރޫނީގެގެއިން ނުކުމެގެން އޭނާގެ މަންމައާއި ބައްޕަގެ ގެއަށް ބަދަލުވެފައެވެ.
ރޫނީ މިހާރުހުރީ، ޔޫރޯ ކޮލިފައިންގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށްޓަކައި އިނގިރޭސި ގައުމީ ޓީމާއެކު އެގައުމަށް ގޮހެވެ.
މީގެ ދެތިން ދުވަސްކުރިން އިނގިރޭސި އެފްއޭއިން ބުނެފައިވަނީ އާއިލީ މައްސަލަތަކެއްގެ ސަބަބުން ރޫނީ ސްވިޒަލޭންޑާ ދެކޮޅަށް ނުކުޅޭނެ ކަމަށެވެ.
0 ޚިޔާލު: on "ރޫނީ ހަށިވިއްކާ ޒުވާން އަންހެން ކުއްޖަކާއި އެކު ހިންގި ބަދުއަހުލާގީ އަމަލުތަކެއް ފަޅާއަރައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ