Monday, September 27, 2010

ބޮޑުވުމުން މަސްހޫރު ފަންނާނުންގެ ފުޓޯ ތަފާތު ތަކެއްޗަށް އަރުވައި އެފަރާތްތަކަށް އިހު ތިރާމްކޮށް ކޮޓަރީގައި ބަހައްޓަ



ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެކެ ލޯބި ވެގެން މެނުވީ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ އެއް ނުވާނެއެވެ. ކޮންމެ އިންސާނަކު އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަދި އޭނާގެ މައިންބަފައިންނާއި އަނބި މީހާ އާއި ދަރިންނަށްވުރެވެސް ބޮޑަށް އަދި އެންމެހާ މީސްތަކުނަނަށް ވުރެވެސް ބޮޑަށް އޭނާ ލޯބިވާން ޖެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަދެކެއެވެ.
އެހެންނޫންނަމަ އޭނާއަކީ ފުރިހަމަ އީމާނެއްގައި ހުރި މީހަކަށް ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާ މީހަކީ ﷲގެ ޙަޟުރަތުން އެމީހަކަށް ކޯފާއެއް އަތުވެދާނެ މީހެކެވެ.
ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމާއުން ފެންނަނީ މިއާއި މުޅިން ހިލާފަށެވެ. އެންމެ ކުޑައިރުންސުރެ ތަފާތު އެހެން ތަކެއްޗަށް ބެލެނިވެރިން އަހުލު ކުރުވައެވެ. ބެންޓަން ، ސުޕަމޭން، ބާބީ ފަދަ ކެރެކްޓާސް ތައް ހުންނަ ތަކެތި ގަތުމަށް ބޭނުންވެއެވެ. ބޮޑުވުމުން މަސްހޫރު ފަންނާނުންގެ ފުޓޯ ތަފާތު ތަކެއްޗަށް އަރުވައި އެފަރާތްތަކަށް އިހު ތިރާމްކޮށް ކޮޓަރީގައި ބަހައްޓައެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ބޮޑުވުމުން މަސްހޫރު ފަންނާނުންގެ ފުޓޯ ތަފާތު ތަކެއްޗަށް އަރުވައި އެފަރާތްތަކަށް އިހު ތިރާމްކޮށް ކޮޓަރީގައި ބަހައްޓަ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ