ލަންދޫގައި މިވަގުތު މިތިބި ހަރުދަނާ ޒުވާނުންނަކީ ކޭޑީ ގްރޫޕްގެ މެމްބަރުންނެވެ. އޭރު ރަށުތެރޭގައި އެންމެ ނުބައި ކަމަށްކީ މީހުންތައް މިއަދު މިތިބީ ރަށުގެ ހަރުދަނާ ޒުވާނުންގެ ގޮތުގައެވެ. ރަށުގެ ވެރިންނާއި އާންމުން ހީކުރިގޮތާއި ޙިލާފަށް ކޭޑީ ގްރޫޕްގެ ޒުވާނުން ވީ ރަށުގެ ފައިދާއަށާއި ކުރިއެރުމަށް މަސައްކަތްކުރާ އަޙުލާގް ރަނގަޅު ޒުވާނުންތަކަކަށެވެ. ކޭޑީ ގްރޫޕްގެ އެއްވެސް މެމްބަރަކު ރަށުތެރެއަށް ގިންވެ މިއަދުގެ މުޖުތަމަޢުން މިފެންނަ ނޭދެވޭ އެއްވެސް ޢަމަލެއްގެ ޝިކާރަޔަކަށް ވެފައިނުވުމީ މިއަދު އަޅުގަނޑުމެން ނިހާޔަތަށް އުފާކުރާ ކަމެކެވެ. އަޅުގަނޑުމެންގެ އުންމީދަކީ މުޅިރަށް މެމްބަރުނެގެ ބެލުމުގެ ދަށުން ކުރިޔަށްދާނެ ދުވަހެކެވެ. އެދުވަސް މާލަހެއް ނުވެ އަތުވެދާނެކަމުގެ ފެހި ސިގްނަލް މިއަދު މިދަނީ ފެންނަމުންނެވެ.
0 ޚިޔާލު: on "ލަންދޫގެ ގިނަ މީހުން ހީކުރިގޮތާއި ޙިލާފަށް ކޭޑީ ގްރޫޕް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ