
ނ.ލަންދޫ ސުކޫލުގެ 17 ވަނަ ސުޕޯރޓްސް މީޓް މިއަދު ހަވީރު 4.00 ޖަހާއިރު ފަށައިފިއެވެ. ސުޕޯރޓްސް މީޓް ފެސިގެންދިޔައީ ތިން ހައުސްގެ ދަންމަރު ރޯކުރުމަށޤ ފަހުއެވެ. މިދަންމަރުތައް ރޯކޮށްދެއްވީ މި ސުޕޯރޓްސް މީޓްގެ ޝަރަފްވެރިމެހުމާން ލަންދޫ ކައުންސިލާރ އަލްފާޟިލް މަޖުދުއްﷲ އަބުދުއްރައްޒާގެވެ.
ވަރަށް ގިނަ ބެލެނިވެރިންގެ ތަރުހީބު ލިބިގެން ދިޔަ މި ސުޕޯރޓްސް މީޓް މިއަދު ކުރިއަށް ގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ކަނަބަނދެގެން ރީތި ކުރުން، ބާރަށް ދުވުން، ކޮރުން، އަދިވެސް ތަފާތު އެތައް ކުޅިވަރުތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު އެންމެ ޚާއްޞަ ކުޅިވަރެއްގެ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ ޓީޗަރުންގެ މެދުގައި ބޭއްވުނު ގޯނި ރޭހެވެ. މި އައިޓަމުގައި ދިވެހި ހުރިހާ ޓީޗަރުން ވަނީ ބައިވެރިވެފައެވެ.
0 ޚިޔާލު: on "ބެލެނިވެރިންގެ ސަޕޯޓައި އެކު 17 ވަނަ ސުޕޯރޓްސް މީޓް މިއަދު ފަށައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ