Tuesday, September 28, 2010

މީހުން މެރުން ހުއްޓުވޭނީ މަރަށް މަރުހިފައިގެން





މަރަށް މަރުހިފުމަކީ އިންސާނީ ހަޔާތުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޢަމަލު ކުރެވެމުން އައިސްފައިވާ ވަރަށް ޤަދީދީ އުޤޫބާތެކެވެ.

އެހެންކަމުން މަރަށް މަރުހުފުމަކީ އެހާމެ ހައިބަތު ބޮޑު ކަމެކެވެ. މީހުން މެރުމާއި މިފަދަ ޖަރީމާތައް ހުއްޓުވުމަށް ހަމައެކަނި އޮތް މަގުކަމުގައި ދުނިޔޭގެ ތާރީޚް ދުށް ކޮންމެދުވަސްވަރެއް މިކަމަށް ހެކިދެއެވެ. އެހެނަސް ފަހަކަށް މިއައި ދިހަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ވަނީ މަރަށް މަރުހިފުން ބައެއް ޤައުމުތަކުން ހުއްޓާލާފައެވެ. މިގޮތަށް މިކަން ހުއްޓާލުމުގައި އެމިނިސްޓީ އިންޓަނޭޝަނަލް ގެ ދައުރު ވަރަށް ބޮޑަށް ކުޅެފައިވެއެވެ. އެމިނިސްޓީ އިންޓަރނޭޝަނަލް އިން މިގޮތުން މަރަށް މަރު ހިފުން ހުއްޓާލި ޤައުމުތައް 4 ބަޔަކަށް ބަހައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މީހުން މެރުމުގެ ޖަރީމާ ދިވެހިރާއްޖޭގައި އިތުރުވެގެން ގޮސްފައެވެ. މީހުން މަރާމީހުންނަށް އިސްލާމްދީނުގައި އޮންނަނީ މަރަށްމަރު ނުވަތަ މަރުގެ ދިޔަ (ބްލަޑްމަނީ) އެވެ. މަރުގެ ދިޔަ ނުވަތަ މަރުގެ އަދަބު ދިނުމަށް ނިންމަނީ މަރުވިމީހާގެ ޢާއިލާއިންނެވެ.

އެމެރިކާގައި މަރުގެ އަދަބު ދެވެނީ އިންޖެކްޝަނަކުންނެވެ. އިރާނު އަދި އަފްޤާނިސްތާންގައި މަރުގެ އަދަބު ދެވެނީ އިސްލާމީ ޝަރީޢަތުގައި އެކަން އޮންނަ ގޮތަށެވެ. އެއީ ޒިނޭކުރުމުން ރަޖަމްކުރުމެވެ. މީހުން މެރުމުން ދަންޖައްސާ މެރެއެވެ. އެއްޖިންސުން ގުޅުން ހިންގުމުން މިޤައުމުތަކުގައި މަރުގެ އަދަބުދެވެއެވެ. އިނގިރޭސިވިލާތާއި އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގުމަށްޓަކައި އެއްޖިންސުން ކާވެނިކޮށްދެވެއެވެ. ދިވެހިރާއްޖޭގައި މިކަމަށް އެކިފަހަރަށް ދެވެނީ އެކިއަދަބެވެ

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މީހުން މެރުން ހުއްޓުވޭނީ މަރަށް މަރުހިފައިގެން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ