
ހަސަނަކީ ދީންވެރި ކުއްޖެކެވެ. އަޅުކަމުގައި މިދިޔަ ރޯދަމަހުގެ ރޭތައް އިހްޔާކޮށް ނިންމުމަށްފަހު ޝައްވާލްމަހުގެ 06 ރޯދަވެސް ހިފަމުންގޮސްފައިވެއެވެ. އާންމުކޮށް ދިރިއުޅޭ މުޅިމާހައުލާއި ދުރުގައި ކަހަލަގޮތަކަށް ރޯދަމަސް އެއްކޮށް ހޭދަކުރުމަށްފަހު ސުންނަތްރޯދަ ހިފަމުންދެއެވެ. ދުވަހަކީ މިދިޔަ ހަފްތާގެ ބުދަދުވަހެވެ. ގައިގާ ރިއްސާތީ ހަސަނު ދިޔައީ ޑޮކްޓަރަށް ދައްކާލާށެވެ. ނަސީބުދެރަކަމުން ފުރަތަމަ ނެގިނަމްބަރު ކަޓައިގެން ދިޔައީ ހަސަނު ފުންޚިޔާލަކަށް ގެއްލިފައި އިންދައެވެ.
ނަމަވެސް ކައުންޓަރަށް ގޮސް ނަމްބަރު އައުކޮށްލައިގެން ޑޮކްޓަރުގެ ކޮޓަރިއަށް ވަދެ ހަސަނަށް ވާގޮތްތަށް ކިޔައިދީފީއެވެ. ހަސަނުގައިގައި ކަށިގަނޑު ޖައްސާލާފައި ވައިރަލް ފީވަރ އެކޭ ކިޔައި އިސަހިތަކު ޑޮކްޓަރަކު ބޭސްސިޓީ ލިޔެނިންމައިފިއެވެ. ހަސަނު ބަލިކަމުން އެދުވަހު އޮފީހަށް ނުދާތީ މެޑިކަލް ސެރޓިފިކޭޓް ވެސް ބޭނުންވާ ވާހަކަ ބުނެލިއެވެ. ޑޮކްޓަރު ހަސަނުގެ އެ އެދުން ވެސް ފުއްދައިދިނެވެ.
ޑޮކްޓަރުގެ ކޮޓަރިން ނިކުމެގެން ހަސަނު އަވަސްވެގަތީ ބޭސްނަގާށެވެ. އަވަސްއަވަހަށް ބޭސްނަގައިގެން ގެއަށް ގޮސްބަލަލިއިރު ކަމަކުދާކަށް ނެތެވެ. ކަރުތެރެ ދޮންނަ ބޭހަކާއި 03 ވައްތަރެއްގެ ގުޅަބޭސް ހުއްޓެވެ. އޭގެތެރެއިން ހަސަނު އެންމެ އަޅައިގަތީ ކެއުމުގެ ބައިގަޑި އިރު ކުރިން ކާންޖެހޭ ބޭހެއް ޑޮކްޓަރު ލިޔެދީފައިވުމެވެ. މިކަމަކީ ހަސަނަށް މަޖާކަމަކަށް ވިއެވެ.
ރޯދަ ހިފައިގެން ހުރެ ބޭސްކާނީ ކިހިނެއްބާވައޭ ހިތައް އެރިއެވެ. ރޯދަވީއްލަން ޖެހެނީ 06:08 ގައެވެ. ނަމަވެސް ރޯދަވީއްލުމުގެ 30 ވަރަކަށް މިނެޓް ކުރިން ކާންޖެހޭ ބޭހެއް ރޯދަހިފައިގެން ކާނީ ކިހިނެއްބާވައޭ ހަސަނު ހިތަށް އެރިއެވެ. މިއީ މަޖާކަމެކެވެ. ހީހީހަލާކު...
0 ޚިޔާލު: on "ރޯދަހިފައިގެން ހުރި ހަސަނު ކެއުމުގެ ބައިގަޑިއިރު ކުރިންކާންޖެހޭ ބޭސް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ