އުމުރުން ދިހައަހަރަށް ވުރެ ދަށުގެ ހަތަރު އަންހެންކުދިން ރަމަޟާން މަހެއްގައި ނަމާދުކުރަން ތިއްބެވެ. އެކި އުމުރުގެ މި ހަތަރުކުދިން ނަމާދުކުރަން ތިބީ އެގޭގެ ކޮޓަރިއެއްގައެވެ. ކޮޓަރިދޮރުން ނިކުންނައިރު ގޭގެ ބަދިގެފަރާތަށް ނުކުމެވޭ ދޮރު ހުންނަނީ ނުހަނު ކައިރީގައެވެ.
މިކުދިން އެދުވަހުގެ ދުވާލުގެ ނަމާދަކަށް މިދެންނެވި ކޮޓަރީގައި ތިއްބެވެ. އިމާމަކަށް ހުރީ ގާތްގަނޑަކަށް ދިހަ އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ފަހަތަށް ދެން ތިބީ ނުވަ ވަރަކަށް އަހަރުގެ ކުއްޖަކާއި ފަސްވަރަކަށް އަހަރުގެ ދެކުދިންނެވެ.
ނަމާދުގެ ކޮންމެވެސް އެއް ރަކުޢަތެއްގެ ޤިޔާމުގައި ހުރެފައި އެންމެ ހަގު ދެ ކުދިންގެތެރެއިން އެއް ކުއްޖަކު މަޑުމަޑުން ބޭރަށް ނުކުތެވެ. އޭނާ ހުރީ ހަރަންބަދެގެންނެވެ. އެހުރިގޮތަށް ގޮސް ބޭރުދޮރުން ބޭރަށް ކުޅުޖަހާފައި އަލުން އައިސް ވަދެ، ނަމާދުގައި ބައިވެރިވެއްޖެއެވެ. އެވަގުތު ދެން ހުރި ކުއްޖާ ބުންޏެވެ. ނަމާދަށް ހުރެގެން ކުޅުޖަހާކަށް ނުވާނެއެވެ. އޭރުން ނަމާދު ކަމަކުނުދާނެއެވެ.
މިހިސާބުން އިމާމުވެ ހުރިކުއްޖާއާއި ދެން ހުރި ކުއްޖާއަށް ވެސް ހެވިއްޖެއެވެ.

0 ޚިޔާލު: on "ޖޯކު: ނަމާދަށްހުރެގެން ކުޅުޖަހާކަށް ނުވާނެ…."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ