
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ނ.ލަންދޫ ސްކޫލް މިއަދު ހެނދުނު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ދަރިވަރުން ގެ ފަރާތުން ޓީޗަރުންނަށް ތަހުނިޔާ ކާޑާއި ހަދިޔާ ދިނުން އަދި ކޭކް ފެޅުން އޮތެވެ. ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިއެސެމްބުލީ ކުރިއަށް ގެންގޮސްފައިވަނީ ގުރޭޑް؛ 9 ގެ ދަރަވަރު މުހައްމަދު އަޒުވަރުއެވެ. ޓީޗަރުންގެ ދުވަހުގެ ކޭކް ފަޅައި ދެއްވީ ލަންދޫ ސުކޫލުގެ އިސްވެރިޔާ މުހައްމަދު އިބުރާހިމްމެވެ. ކޭކް ފެޅުމަށްފަހު މުހައްމަދު އިބުރާހިމް ދަރިވަރުންނާއި މުހާތަބު ކޮށް ވާހަކަ ދެއްކެވިއެވެ.

އެންމެ ފަހު ހަރަކާތެއްގެ ގޮތުން އޮންނާނީ ގުރޭޑް 10 ގެ ކުދިން އިންތިޒާމްކޮށް މިރޭ ބާއްވާ ޕާޓީއެވެ. ލިޔެސް އޮންލައިންގެ ފަރާތުން ހުރިހާ ޓީޗަރުންނަށް މަރުހަބާ އާއި ތަހުނިޔާ ފޮނުވަމެވެ.
0 ޚިޔާލު: on "ޓީޗަރުންގެ ދުވަސް ނ.ލަންދޫ ސްކޫލް ގައި ކުރިއަށް އެބަދޭ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ