
ޕަސެންޓް ސްޕޯޓްސް ކުލަބުގެ ފޯރވާޑް މިއަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ފަހުގެ ފުޓްބޯޅަ ކުޅުމާއިދުރައްދާނެ ކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި މިބްލޮގަށް ލިބިއްޖެއެވެ. ރޭ ހުރިވަރު ހޮޓަލުގައި ވާހަކަ ދައްކަމުން ނ.ލަންދޫ ޝަފަރީގޭ އަލްފާޟިލް މުޙައްމަދު އިރުޝާދު ( ރެޑޭ) ވަނީ މިއަހަރުގެ އާރު.އެސް ލިޔެސް ހޮލިޑޭކަޕަށް ފަހުގެ ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ކަމުގައެވެ. ދަނޑުމަތީގައި އެކުޅުންތެރިއެއްގެ " ޗަރުކޭސް " ގެ މަންޒަރުތައް އެންމެ ގިނައިން ފެނިގެންދާ ރެޑޭއަކީ ލަންދޫގައި މިހާތަނަށް އެކުވެރިކަމުގެ މެޗެއްގައި ޖެހިކަމަށް ބުނާ އެންމެ ހިތަގައިމު ގޯލް ( ހޮޅުދޫ ޓީމްކޮޅަށް ދެތިންފޫޓް މައްޗަށް ހުއްމައިގެން އަރާ ބޮލުން ޖެހިގޯލް ) ޖަހާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
ވަރަށް ގިނަދުވަސް ވަންދެން ލަންދޫގެ ނޭޝަނަލް ޓީމުގައި މޮޅުކުޅުމެއް ދައްކާފައިވާ މިކުޅުންތެރިޔާ ގެ ކުޅުން އަންނަނީ ދައްވަމުންނެވެ. ވަޒީފާގެ ގޮތުން ގިނަދުވަހު ކުޅުމުގެ ފުރުސަތު ގެއްލުމާއި ކޮނޑު ހުޅަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ކުޅުމާއި ދުރަށްދަނީ ކަމުގައި އޭނާ ބުނޏެވެ.
0 ޚިޔާލު: on "ރެޑޭގެ ކޮނޑު ހުޅަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ކުޅުން ހުއްޓާލަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ