Monday, October 11, 2010

މިވަނީ އިރަކު މިވަނި މީހަކު އެރުވީމަ، ކިޔާ ސަކުވާ ކުރާނީ ގަވައިދުތައް ތަންފީޒު ނުކުރުމަށް



އަނެއްކާވެސް ކުޅެންދާ ބައެއް ކުދިން ބައިބެހުމަށްފަހު ކުޅެންދާތީވެ އެކަން ހުއްޓުވުމުގެ ގޮތުން ޤަވާއިދު ހަދައިފިއެވެ. ނަމަވެސް އިއްޔެވެސް ވަނީ ގަޑި ޖެހިގެން 3 މީހަކު ކުޅުމަށް ދަޑަށް އައިސްފައެވެ.
ގަވައިދު ހަދަނީ ހުރިހާ އެންމެން އަށް ވެސް ފައިދާ އަށެވެ. ތަންކޮޅެއް ކުރިން ގޮސް ކަސްރަތު ކުރުމުން ދިމާވާ އެންޖެރީތައް މަދުކުރުމަށެވެ. މިކަހަލަ ގަވައިދުތައް ދެމެހެއްޓޭނީ ހުރިހާ އެންމެގެވެސް އެއްބާރު ލިބިގެންނެވެ. ގަޑިއަށް ހާޟިރުވެގެންނެވެ. މިވަނީ އިރަކު މިވަނި މީހަކު އެރުވީމަ، ކިޔާ ސަކުވާ ކުރާނީ ގަވައިދުތައް ތަންފީޒު ނުކުރުމަށެވެ. މީހަކު ރާބޯއިރަށް ރާބޮއިފަ، ޒިނޭ ކުރާއިރަށް ޒިނާ ކުރުމަކީ ތިމާގެ ބަލިކަށިކަން ދައްކުވައިދޭ ސިފައެކެވެ.
މާލޭން އަންނަ މީހާއަށް ގަވައިދު ނޭނގުނީމަ ، ކުޅުމަށް ފުރުސަތު ދެވިފައި އިރެއްގައި އޮތް އިރުގެ ވާހަކަ ދައްކާ މީޑިޔާގައި އަނެކުންގެ އަގުވެއްޓޭފަދަ ގޮތަކަށް ލިޔަމުންދާދިޔުން މިބުލޮގުގެ ފަރާތުން ވަރަށް ހަރު ކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި ތިމާ އަށް އެހެން މީހުންގެ އިހުތިރާމާއި ލޯބި ލިބޭނީ އަނެއްކާއަށް ވެސް އިހުތިރާމް ކޮށްގެންކަން ހަދާން ކޮށްދެމެވެ.
މީގެ ކުޑަ ދުވަސްކޮޅެއްކުރިން މި ލަންދޫ ސޮކަރ ގެ ފަރާތުން ފާޅުކުރި ޚިޔާލާއި ކޮންމެ ދުވަހެއްގެވެސް ބަންގި ގޮވުމުގެ ފަސްމިނިޓްކުރިން ކުޅުން ހުއްޓާލުމަށް ދިން ހިޔާލަށް ސުކުރުއަދާ ކުރަމެވެ. މިފަދަ ހިޔާލުތަކަކީ ބުލޮގުގެ ކުރިއެރުން ކަމުގައި އަޅުގަނޑު ދެކެމެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިވަނީ އިރަކު މިވަނި މީހަކު އެރުވީމަ، ކިޔާ ސަކުވާ ކުރާނީ ގަވައިދުތައް ތަންފީޒު ނުކުރުމަށް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ