ލަންދޫ ޔޫތުއެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން މިއަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ " އާރް.އެސް ލިޔެސް ހޮލިޑޭކަޕް " ގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް އިޢުލާންކުރެވުނު އިޢުލާނާއި ގުޅިގެން ލިބުނު ބޮޑު ތަރުހީބަށްޓަކައި ލޯގޯ ހުށައެޅި ފަރާތްތަކަށް މިއަހަރުގެ ވެސް އެޗް އޯސީގެ ހެޑް ސަލީމް ހުސެއިން ( މެއްޑޯ ) އެފަރާތްތަކަށް ސުކުރު އަދާކޮށްފިއެވެ. " އާރް.އެސް ލިޔެސް ހޮލިޑޭކަޕް "އަށް ޖުމުލަ 32 ލޯގޯ ހުށައަޅާފައި ވެއެވެ. މީގެ ތެރެއިން ދެ ފަރާތަކުން ހުށައެޅުއްވި ލޯގޯތައް ވަނީ ސަރުތު ހަމަ ނުވުމުގެ ސަބަބުން ބާތިލްވެފއެވެ.
ހުށައަޅާފައިވާ ލޯގޯތައް މިހާރޔު ވަނީ " ލިޔެސް " އިން ޢާއްމު ކުރައްވައިފިއެވެ.

މިހާރު ޢާއްމު ކުރެވިފައިވާ ލޯގޯތަކުގެ ތެރެއިން " އާރް.އެސް ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ ލޯގޯއެއް ނެގުމަށް ލިޔެސް އިން ކަޑައަޅުވައްފައިވާ ވަނީ 10 މީހުންގެ ކޮމެޓީއެކެވެ. މިރޭ މިކޮމެޓީން އެންމެ ރަގަޅު ލޯޣޯ އެއްނުގުމަށް ވަނީ ހަމަޖެހިފައެވެ
.
0 ޚިޔާލު: on "" އާރް.އެސް ލިޔެސް ހޮލިޑޭކަޕް " ގައި ބޭނުންކުރާނެ ލޯގޯއެއް މިރޭ ނަގާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ