2008ވަނަ އަހަރު ބޭއްވުނު ލިޔެސް ހޮލިޑޭ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެފްސީ އޮކާޗީގެ ފޯވާޑް ހުސެއިން ޖަވާ އަށް ކުޅެވޭނެ ކަމަށް ބައްދަލުވުމުން ނިންމައިފިއެވެ. މީ އެފްސީ އޮކާޗީ އަށް ލިބުނު އިތުރު ހިތްވަރެކެވެ.
މުބާރާތުގެ ޤަވާޢިދަށް ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުން ތެރިއަކު ކުރި ކުށެއްގެ ސަބަބުން އޭނާ އަށް ދެއްކޭ ކާޑާއި މެދު ގޮތެއް ނިންމުން އެޗް.އޯ.ސީ އަށް ދޫކޮށްލާގޮތަށް ނިންމާފައިވާކަން ފާހަގަ ކުރެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ( 2008 ) އަހަރުގެ ހޮލިޑޭކަޕްގެ އެއްވެސް ރީނދޫ ކާޑެއް މިއަހަރުގެ މުބާރާތުގައި ނުގުނާނެކަމަށްވެސް ވަނީ އިޞްލާޙް ހުށަހަޅާ ފާސްވެފައެވެ.
0 ޚިޔާލު: on "އެފްސީ އޮކާޗީގެ ފޯވާޑް ހުސެއިން ޖަވާ އަށް ކުޅެވޭނެ ކަމަށް ބައްދަލުވުމުން ނިންމައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ