ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) ގެ ފަރާތުން މިއަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ " އާރް.އެސް ލިޔެސް " ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް އަދި މިވަގުތު އޮތް އެންމެ މުއްސަދި ކުލަބު ކަމަށްވާ އެފްސީ އޮކާޗީގެ ބައްދަލުވުމެއް އޮންނާނެ ކަމުގައި ގެ ކެޕްޓަން އަބުދުއްﷲ ސާމީ މައުލޫމާތު ދެއްވައިފިއެ ވެ. މިރޭ ހުރިވަރު ހޮޓަލުގައި 30؛8 ގައި ފެށުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ޓީމުގެ އިތުރުން މެނޭޖުމަންޓްވެސް ބައިވެރިވާނެވެ.
މިއަހަރުގެ ތަށިވެސް ހޯދުމަށްޓަކައި އޮކާޗީން ދަނީ ނ. ޅޮހީގެ ދެ ކުޅުންތެރިންނާއި މާފަރުގެ ކުޅުންތެރިޔަކާއި ވާހަކަ ދައްކަމުންނެވެ. މިފަހަރުގެ ތަށި ހޯދުމުކީވެސް އުދަގޫ ކަމެއް ނޫން ކަމަށް ޓީމުގެ މެނޭޖު މެންޓުން ދަނީ ތަފާތު ނޫސްތަކަށް މައުލޫމާތު ދެމުންނެވެ.
އެފްސީ އޮކާޗީ ގައި ލަންދޫ ނެޝަނަލް ޓީމުގެ 7 ކުޅުންތެރިން ތިބި ކަމީ ، އެފްސީ އޮކާޗީ އިން ފަހުރު ވެރިވާ ކަމެކެވެ.
0 ޚިޔާލު: on "މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް އަދި މިވަގުތު އޮތް އެންމެ މުއްސަދި ކުލަބު ކަމަށްވާ އެފްސީ އޮކާޗީގެ ބައްދަލުވުމެއް މިރޭ އޮންނާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ