
ހޮނިހިރު ދުވަހު ބޭއްވު މަސްރޭހުން ލަންދޫހެޑްލައިސްއިންގެ ޓީމުން އެއްވަނަ ހޯދައިފިއެވެ. މިރޭހުގައި ބައިވެރި ވެފައިވަނީ މިހާރު ލަންދޫގެ ބުލޮގުތަކުން އެންމެ ކުރިގައި އުޅޭ ދެބުލޮގު ކަމަށްވާ ލަންދޫހޮޅުއަށި ޓީކޭ އާއި ލަންދޫހެޑްލައިސްއިން ނެވެ. ދެ ބައި މީހުންވެސް ނައްޓާލީ ހެނދުނު 6 ޖަހާއިރުއެވެ. ލަންދޫހެޑްލައިސްއިން އައުޓްބޯޑް ޑިންގީ ގައި ނައްޓާލިރު ލަންދޫހެޑްލައިސްއިން ވަނީ ދިޔައަރާ ބޮއްކުރަލެއްގައި ރާޅުތަކުގެ ތެރެއަށް ނިކުމެފައެވެ.
ލަންދޫހެޑްލައިސްގެ ދޯނީގެ ކެޔޮޅަކަށް އިނީ މަސްހޫރު ލަންދޫގެ ރޮނޑު ކެޔޮޅުކަމަށްވާ މޫސާ ހުސެއިން ( މިހާސް ) އެވެ. އަދި ރަށުން ނައްޓާލިން ސުރެ އަރަމުންދިޔަ ދިޔަގަނޑު ކޮންޓުރޯލު ކުރުމަށް އިނީ އިބްރާހިމް ފާއިޒު (ސޮޕަޓް ) އެވެ. އޭނާ ވަނީ ޔަމަހާ ޕަމްޕެއްގެ މަގާމް ވަރަށް ފުރިހަމައަށް އަދާ ކޮށްފައެވެ.
ލަންދޫ ހޮޅުއަށި ޓީކޭގެ ކެޔޮޅަކަށް ހުރީ އަލީ ޒިޔާދުއެވެ. ލަންދޫ ވަށއިގެން ދުއްވަ ދުއްވާފައި ގެންދިޔަ ޕާންތައް ކައިނިމުނު އިރު ބޭނިފައިވަނީ 11 ރޮނޑެވެ.މަސްހޫރު ލަންދޫގެ ރޮނޑު ކެޔޮޅުގެ އިރުސާދު ގެ މަތިން ވަނީ 105 ލަންދޫހެޑްލައިސް މަސްބާނާފައެވެ.
0 ޚިޔާލު: on "މަސްހޫރު ލަންދޫގެ ރޮނޑު ކެޔޮޅުގެ އިރުސާދާއި އެކު ލަންދޫހެޑްލައިސް އެއްވަނަ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ