
މިއަހަރުގެ އާރު.އެސް ހޮލިޑޭކަޕްގެ ލޯގޯ ކަނޑައެޅުމަށްޓަކައި ބޭއްވުނު ލޯގޯ ފާރުމާކުރުމުގެ މުބާރާތުން 1 ވަނަ އަށް ދިޔަ ލޯގޯ އާއި ދޭތެރޭ ގައި ހިންހަމަ ނުޖެހޭ ކަމަށް މިފަހަރުގެ މުބާރާތް ސުޕޮންސާރ ކޮށްފައިވާ ދެފަރާތުގެ ތެރެއިން އެއްފަރާތް ކަމަށްވާ މުހައްމަދު ވަސީމް ( ވައްސޭ ) ހިންހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.
ވައްސޭ ބުނަމުން ދަނީ އާރު އަކުރުގައި ހުރި ފެހި ކުލާގެ ބަދަލުގައި ރީނދޫ ކުލަ ލައިދިނުމަށެވެ. ލޯގޯ ފަރުމާ ކުރުމުގެ ކުރިން ވައްސޭ ބުނެފައިވަނީ އާރު އަކުރު އިނީމަ އޯކޭ ކަމަށާއި ކަލޭމެންނަށް ފެންނަ ރީތި ގޮތަކަށް ހެދީމަ ރަގަޅު ވާނެ ކަމުގައެވެ.
މިކަމާއި ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ލިޔެސް ގެ ހިންގާ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެވެ. ފުޓޯގައި އެވަނީ ވައްސޭ ބޭނުންވާ ގޮތަށެވެ.
0 ޚިޔާލު: on "މިއަހަރުގެ އާރު.އެސް ހޮލިޑޭކަޕްގެ ލޯގޯ އަށް އިސްލާހު ގެނެއުމަށް އެދެފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ