Monday, October 18, 2010

ކަޅު އަސްދޫންޏާ


އެއްދުވަހެއްގެ އިރާކޮޅުވަގުތެވެ. އަސްދޫންޏެއް ވަރަށް ބޮޑަށް ފޫހިވެއޖެއެވެ. އެހެންކަމުން ކުޑަކޮށް ބޭރަށް ޖެހިލާ ރައްޓެހިންނާ އެކު މަޖާކޮށްލާ ސަކަރާތްޖަހާލުމުގެ ނިޔަތުގައި އަސްދޫނި ބޭރަށް ނުކުތެވެ. ވަރަށް އަވަސް އަވަހަށް ފޯން ނަގާ ރައްޓެހިންނަށް ގުޅަންފެށިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ހުރިހާ ރައްޓެހިވެސް ވަރަށް ބިޒީއެވެ. ފްރީކޮށް ހުރީ ހަމަ އެންމެ އަސްދޫންޏެކެވެ.
ނަމަވެސް އެ އަސްދޫނި ވީ އެރޭ އޮތް ކެއުމަކަށް ތައްޔާރުކުރުމައް ބަޔަކުމީހުން ކަތިލާން ތައްޔާރު ކޮށްފައެވެ. އެހެންކަމުން މީނާގެ އެއްވެސް ރައްޓެއްސެއް ދިމާވާގޮތެއް ނުވިއެވެ. ފޫހިކަންމަތީގައި އެނބުރެމުން އެނބުރެމުން ދަނިކޮށް ހާޑުވެއަރ ފިހާރަޔަކާ ހަމަޔަށް އާދެވިއްޖެއެވެ. ވެފައިހުރި ފޫއްސެއްގެ ބޮޑުކަމުން އެފިހާރަޔަށްވަދެ ސޭޓާ ސްވާލް ކުރިއެވެ.

"ސޭޓު! މޭބިސް ކަދުރު އެބަހުރިތަ؟"
ޖަވާބުގައި ސޭޓު މޭބިސްކަދުރު ނެތޭ ބުނުމުން އަސްދޫނި ހިނގައްޖެ އެވެ.
އަނެއްކާ އިރުކޮޅަކުން ހަމަ އެއަސްދޫނި އައިސް އެހި އެވެ.
"ސޭޓު! މޭބިސްކަދުރު އެބަހުރިތަ؟"
ސޭޓު ވަރަށް ނުރުހިފައި ހުރި ރާގަކަށް ބުންޏެވެ.
"ބަލަ ނެތޭ މޭބިސްކަދުރެއް!ބުނެފީމެއްނު މިހާރު!"
ސޭޓު މިހެން ބުނުމުން އެކައްޗެކޭވެސް ނުބުނެ އަސްދޫނި ހިނގައްޖެއެވެ.
އަނެއްކާ އިރުކޮޅަކުން ހަމަ އެ އަސްދޫނި ވަދެގެން އެބަ އާދެއެވެ.
"ސޭޓު! މޭބިސް ކަދުރު އެބަހުރިތަ؟"
"ނެތޭ ނެތޭ ނެތޭ! ކިތައް ފަހަރު ބުނާނީ! މީ ހާޑުވެއާ ސާމާނު ވިއްކާ ފިހާރަ އެކޭ!" ސޭޓު ހުރީ ރުޅި އައިސް ރަތް ވެފައެވެ. "ދެން މޭބިސް ކަދުރު އެބަހުރިހޭ އަހައިފިއްޔާ ފަޔަށް މޮހޮރު ޖަހާނަން! ސޭޓް ރުޅިވެރިކަމުގެ އަޑަކުން އަސްދޫންޏާ ދިމާލަށް ބުުންޏެވެ.
ސޭޓް އެހެން ބުނުމާއެކު އަސްދޫނި ނިކުމެގެން ހިނގައްޖެއެވެ.
އަނެއްކާ ހަމަ އެ އަސްދޫނި އެ ފިހާރަ އަށް ވަދެގެން އައިސް ސޭޓު ކައިރީ އެހިއެވެ.
""ސޭޓު! މޮހޮރު އެބަހުރިތަ؟"
"ނެތް!"
"އެހެން ވިއްޔާ މޭބިސް ކަދުރު އެބަހުރިތަ؟"
ނެތޭ! ނެތޭ! ނެތޭ! ނެތޭ! ސޭޓް ވަރަށް ރުޅިގަދަވެފައި ޖަވާބު ދިނެވެ.
އަސްދޫނި ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ދެން ކަލޭ ކިހިނެއް އަހަރެން ފަޔަށް މޮހޮރު ޖަހާނީ؟" ކަލެއަކަށް އެއްކަމެއްވެސް ނުކުރެވޭނެ. ހައް ހައް ހައް ހާއް....
ސޭޓްގެ ރުޅިގަނޑު އިންތިހާޔަށް ބޮޑުވެގެންގޮސް އަޑުގެ ނެތްތަނަށް ހަޅޭއްލަވާގަނެވުނެވެ. "ކަޅު އަސްދޫންޏާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާ ާއް"
ކެކެކެ.. އަސްދޫނި ދުވެ ބަޗައިފިއެވެ.

"މިހާރު އަސްދޫނި ހުންނާނީ ފޫހިފިލާފަ ދޯ"

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކަޅު އަސްދޫންޏާ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ