
ލަންދޫ ޔޫތް އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) ގެ އޮފީސް އިމާރާތް އެޅުމަށްޓަކައި ބިން އިއްޔެ ސާފަކޮށްފިއެވެ. އަދި މިހާތަނަށް ޒުވާން މެމްބަރުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުމާއި އެކު އިއްޔެ ފަށާފައިވަނީ 50؛1 ގައެވެ. 00؛2 މިނެޓް ގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތް އިއްޔެވަނީ ގަޑި ނުޖެހެނިސް ގިނަ މެމްބަރުންތަކެއް ފަށާފައެވެ.
ޖަމުއިއްޔާގައި ތިބި ހަރު މީހުންނާއި ޅަމީހުންގެ ދެގުރޫޕަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ވަނީ އެއްގަޑި އިރު ތެރޭގައި ނިންމާލާފައެވެ.
އާރު އެސް ލިޔެސް ހޮލިޑޭކަޕްއެކޮޅުގައި ކުރިއަށް ދާއިރު މިކޮޅުން އޮފީހުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ރާވާފައެވެ. " މިފަހަރުގެ އާރު އެސް ލިޔެސް ހޮލިޑޭކަޕަށް ފުރިހަމަ އަށް އެއްބާރު ލުން ދޭނީ އޮފީސް އިމާރާތަށް މެމްބަރުންގެ އެއްބާރު ލިބެމުންދާ ނަމަ " ކަމަށް ލިޔެސްގެ އެއް ނައިބު ރައީސް ސަލީމް ހުސެއިން ވަނީ އެންމެ ފަހުން ބޭއްވުނު މީޓިންގައި ވިދާޅުވެފައެވެ.

މިއަހަރު ނިމުމުގެ ކުރިން ލިޔެސް އޮފީސް އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރެވެއެވެ.
0 ޚިޔާލު: on "މިހާތަނަށް ނުލިބޭ ބޮޑު ތަރުހީބަކާއި އެކު ލިޔެސްގެ އޮފީސް އެޅުމަށް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ