
އަޙްމަދު ރަޝީދު ( ލައިބު ) އަކީ ލަންދޫގެ މޮޅެތި ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދައިފައިވާ ކުޅުންތެރިޔެކެވެ. ލައިބު ފާހަގަ ކުރަނީ ރީތި ހިތްގައިމު ކުރު ކޮށްޓުންތަކަށް ޙާއްޞަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ލައިބު ގައިގައި ނެތްކަމަށް ފާހަގަ ކުރެވެނީ ހަމައެކަނި ބާރަށް ބޯޅައިގައި ޖެހުމުގެ ހުނަރެވެ.
ނަމަވެސް ޖަވާޒީ ހަޔާތެއް ފެށިތާ މާގިނަ ދުވަސް ތަކެއް ނުވަނީސް ލައިބު ގެ ކުޅުން އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންނެވެ.
ލިބިފައިވާ ހުނަރުތައް މީހަކު އަތުލި ކަހަލައެވެ. ހަލުވި ކަމާއި އެކު ދުވަމުން އައި ދުވެލި ފަހަތަށް އަންނަ ކަހަލައެވެ. މީހާގެ ސިފަ އެއްކޮށް ބަދަލު ވީ ކޭ އެއްޗިހިކަން ނުވަތަ ލިބުނު ހިތްހަމަ ޖެހުމުންކަން އެނގޭނީ ހަމަ ލައިބު އަށެވެ.
މީހުންނަށް އެނގޭ އެއްޗަކީ ލައިބުގެ ކުޅުން ދައްވެއްޖެ ކަމާއި މީހާ އެއްދުވަހުން އަނެއް ދުވަހަށް ފުފޭ ކަމެވެ. ވެލޯސިޓީގެ މިމުހިއްމު ކުޅުންތެރިޔާގެ ކުޅުން ދެއްކުމަށް ޓަކައި ވަރަށް ބުރަ މަސައްކަތް ތަކެއް ކުރަން ޖެހޭނެވެ. ހާއްސަކޮށް ބަނޑުގައިވާ މަސްތައް ދުއްވާލުމަށް ކަސްރަތު ކުރަންޖެހެއެވެ.

ބޭރުން މޮޅެތި ކުޅުންތެރިން ހޯދުމުގެ ބަދަލުގައި ރަށުގައި ތިބި މިކަހަލަ މުހިއްމު ކުޅުންތެރިންނަށް ސަމާލު ކަން ދިނުން މާ މުހިއްމު ކަމުގައި ތަޖުރިބާ ކާރުން ބުނެއެވެ.
0 ޚިޔާލު: on "ލައިބަށް މިވީ ކިހިނެއްބާ؟"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ