
މާތްﷲ ރުއްޝުންލެއްވި އަބްދުﷲ ބިން އުބައިދު ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ މުޙަންމަދު ސައްލަﷲ އަލައިހިވަސައްލަމް ތިމަންގެ ކޮޑުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. “ބީރަށްޓެއްސެއްގެ ގޮތުގައި ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅޭށެވެ” .އިބުނު އުމަރު ވިދާޅުވި ކަމުގައި ވެއެވެ. ރޭވެއްޖެ ނަމަ އަނެއް ދުވަހަށް އިންތިޒާރު ނުކުރާށެވެ. އަދި ދުވާލު ވެއްޖެ ނަމަ ރޭގަނޑަށް އިންތިޒާރު ނުކުރާށެވެ. ބަލިވުމުގެ ކުރިން ހެޔޮ ސިއްހަތުގެ ބޭނުންކުރާށެވެ. މަރުވުމުގެ ކުރިން މިޙަޔާތުގެ ބޭނުން ކުރާށެވެ.
އަލްއިމާމު ޢަލްޙާފިޡް އިބުނު ރަޖަބު މި ޙަދީޘް ޝަރަހަ ކުރައްވަމުން ވިދާޅުވިއެވެ. މިޙަދީޘް އަކީ މިދުނިޔެއާ މެދު ފޮނިއުންމީދުތައް ނުކުރުމަށް އޮތް އަސްލެކެވެ. މިދުނިޔެ އެއަކީ ވަތަނެއް ކަމުގައި މުއުމިނުން ވާންޖެހެނީ ދަތުރުވެރިން ތަކެއް ކަމުގައެވެ. މިކަމަކީއެކަމުގެ މައްޗަށް ރަސޫލުންނާއި އެބެކަލުންނަށް ތަބާވި ބޭފުޅުން ވަސިއްޔަތް ކުރައްވާފައިވާ ކަމެކެވެ.
ޢަލީގެ ފާނުވިދާޅުވިއެވެ. ހަމަކަށަވަރުން ދުނިށެ ފަސްދީ އެބަދެއެވެ. އަދި އާޙިރަތް ކުރިމަތިވަމުން އެބަ އާދެއެވެ. އެއިން ކޮންމެ އެއްޗަކަށްވެސް ދަރިންތަކެއް ވެއެވެ. ތިޔަބައި މީހުން އާޚިރަތުގެ ދަރިންނަށް ވާށެވެ. ދުނިޔޭގެ ދަރިންނަށް ނުވާށެވެ. މިއަދު އޮތީ ޢަމަލެވެ. ހިސާބުބެއްލެވުމެއް ނެތެވެ. މާދަމާ އަކީހިސާބު ބައްލަވާދުވަހެވެ. ޢަމަލުކުރުމެއް ނެތެވެ.
ހިތަންއަރުވާލަބަލާށެވެ. މަލަކުލް މައުތު ، (މަރުހިއްޕަވާ މަލާއިކަތާ( ތިބާގެރޫޙު ބައްލަވާ މިވަގުތު ތިބާގެ ގާތަށް ވަޑައިގަންފިއެވެ. ލޮބުވެތި ޢަހުންނޭވެ! .ހަދާންކުރާށެވެ. މިއުޅެމުންދާ ދުނިޔެއަކީ އަބަދަށް ދެމިގެންވާ ތަނެއްނޫނެވެ. އުނދަގޫތަކެއް އުފުލަންޖެހޭ ފަނާކުރަނިވި ތަނެކެވެ. އަމިއްލަ ނަފުސަން ސުވާލުކޮށް ބަލާށެވެ؟ ޢުމުރުން ބާކީކިތައް ދުވަސް އެބައޮތްހެއްޔެވެ؟ކިހާ ދުވަހަކުމިތާ އުޅެން އުއްމީދުކުރަމު ހެއްޔެވެ؟ ވިހި، ތިރީސް، ސާޅީސް އަހަރުހެއްޔެވެ؟ އެފަދަ އުއްމީދުތަކެއް ބޭނުންވޭބާވައެވެ؟ ރެއާ ދުވާލު މީސްތަކުންނާ ކުރިމަތިވާ މުސީބާތްތައް ނުފެނޭހެއްޔެވެ؟ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ ހަމަ ނޮންމެ ވަޤުތަކުވެސް މަރުވެދާނެކަމެވެ. މިޙަދީޘް ބަސްފުޅާއި މެދުވިސްނާލަމާ ހިގާށެވެ. އަހަރުމެން ކުރެކޮންމެ މީހަކާ މުޙާތަބު ކުރާ ކަހަލައެވެ. ބޭނުން ހާދުވަހަކު ދިރިއުޅޭށެވެ. ހަމަކަށަވަރުން ތިއައީ މަރުވާނެމީހެކެވެ. ބޭނުންބަޔަކު ދެކެލޯބިވާށެވެ. ހަމަކަށަވަރުން އެބައަކާވެސް ތިބާވަކިވާންޖެހޭނެއެވެ. ބޭނުން ޢަމަލެއް ކުރާށެވެެ.ހަމަކަށަވަރުން އެކަމުގެ ނަތީޖާއާ ކުރިމަތިލާން ތިބާއަށް ޖެހޭނެއެވެ.
ހިތަންއަރުވާލަބަލާށެވެ. މަލަކުލް މައުތު ، (މަރުހިއްޕަވާ މަލާއިކަތާ( ތިބާގެރޫޙު ބައްލަވާ މިވަގުތު ތިބާގެ ގާތަށް ވަޑައިގަންފިއެވެ. ތިބާގެ ޙާލު މިހާރު ހުރިގޮތް ބަލާފައި އެއީ އުފާވެރިކަމަކަށް ވާށެވެ؟ ކައްވަޅުގައި އެކަނި އޮންނަށްޖެހޭނެއެވެ. ތިބާގެ ތަންމައްޗަށް ވާނީވެއްޔެވެ ދުނިޔޭގައި ތިބާއަށް ލިބުނުމޮޅުކަން ފެންނަށްނެތް ޙާލުގައެވެ. ހަމައެކަނިކުރެވުނު ޙެޔޮޢަމަލެކެވެ. ތިބާ ސުވަރުގެ ބޭނުންހެއްޔެވެ؟އެތާގައި ވާހުރިހާ ނިޢުމަތާކާއެކުގައެވެ. ނަމަވެސް މިހާރު ތިޔައުޅެމުންދާ ޙާލަތުގައި އުޅެމުން ހެއްޔެވެ؟ ދުނިޔެއާއި އާޙިރަތުގެ ބާއްޖަވެރިކަން ބޭނުންހެއްޔެވެ. ޝައިތާނާ އާއި އޭނާގެ ޖަމާޢަތަށް ހިއްވަރު ދޭމީހެއްގެ ގޮތުގައި ތިބާ ހުރެގެން ހެއްޔެވެ. ވިސްނާލަ ބަލާށެވެ. ތިބާއަށް މިދުނިޔޭގެ ހުރިހާ އުފަލަކާ އަރާމެއް ހިތްއެދޭ ހުރިހާ ކަމެއް ޙާސިލުވެއްޖެއެވެ. ނަމަވެސް އެންމެ ފަހުގެ ނަތީޖާއަކީ ނަރަކަ ކަމުގައި ވެއްޖެނަމަ ދުނިޔޭގައި ހޯދި އަރާމު ތަކުގެ މަތިން ހަދާން ހުންނާނެބާއެވެ. އެކަމުގެ އުފަލެއް ލިބޭނެ ހެއްޔެވެ.
މުސްލިމު އަޙުންނާއި އުޙުތުންނޭވެ. އަހަރުމެން ކޮންމެ މިހާކީވެސް މަރުވާނެ މީހެކެވެ. އެކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކުނެތެވެ. މަރުވާނެ ތަނެއް ވަގުތެއް ގޮތެއް މީހަކަށް ލަފާކޮށް ބުނަންވެސްނޭގެއެވެ. ކައްވަޅުގައި އެކަނި އޮންނަން ޖެހޭއެވެ. އެއީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެކެވެ. ނޫނީ ނަރަކައިގެ ވަޅުތަކުން ވަޅެކެވެ. ޤީޔާމަތް ދުވަހުން ދުނިޔޭގައި އުޅުނު ގޮތުގެ ހިސާބު ބައްލަވާނެކަން އަހަރުމެން އެންމެންވެސް އެނގެއެވެ. ނޭގެނީ ނަތީޖާއެވެ. ނަރަކައިގެ މަތިން ސިރާާތުމަގު ހުރަސްކުރަން ޖެހޭކަންއެގެއެވެ. ނޭގެނީ ހުރަސްކޮށް ސުވަރުގެއަށް ފޯރާނެކަން ނުވަތަ ނޫންކަމެވެ.
ޢާހިރަތުގެ ދިރިއުޅުން ބާއްޖަވެރިކުރަންޖެހޭ ކަންތައްތައް އަހަރުމެން ދަންނަމެވެ. އެއަށް ކެތްނުވެވޭނެ ނަރަކައިން ސަލާމަތްވުމަށް އޮތީ ހަމައެންމެ މަގެކެވެ. އެއީ އަހަރުމެން ގެ ރަޝޫލާ އަހަރަމެން ދެއްކެވިމަގެވެ. އެކަލޭގެފާނު އުޅުއްވިގޮތަކީ އަހަރުމެން އުޅެން ވީގޮތުގެނަމޫނާއެވެ. ވިސްނާލާށެވެ. އަހަރުމެންނަށް އެގޮތަށް އުޅެވޭނެހެއްޔެވެ! އެކަލޭގެފާނު އުޅުއްގޮތަށް މިޒަމާނުގައި އަހަރުމެންނަށް ނޫޅެވޭނެހެއްޔެވެ! ނޫނީ އަހަރުމެން އެގޮތަށް އުޅެން ބޭނުންނުވަނީ ހެއްޔެވެ؟ ކާމިޔާބާއި ނާކާމިޔާބެވެ. ތިންވަނަގޮތެނެތެވެ. އަމިއްލަ ނަފުސުގެ ސަލާމަތްކަން ހުރިމަގުން ހިނގަމާ އަންނާށެވެ. އެންމެހާ އަޙުންނާއި އުޙްތުންނޭވެ. އަހަރުމެން ނަކީ މޮޔަބަޔަކީހެއްޔެވެ؟ ކުރިމަތީގައި ސާފުކޮށް ހަޤީޤާތް އެގެން އެބައޮތެވެ.
މާތްﷲ އަށްޝުކުރުއަދާކުރާށެވެ. ތިބާގެ އުމުރު މިއަދާ ޖެހެންދެން ލެއްވިކަމަށްޓަކައެވެ. އާފިލްކަންމަތީ ފާފަތަކެއްގެ ތެރޭގައި އުޅެމުން ދަނިކޮށް ތިބާގެ ފުރާނަ ނުގެންދެވިކަމަށްޓަކައެވެ. އަވަސްވެ ތައުބާވަމާ ހިގާށެވެ. އާފިލް ކަމުގެ ހިރަފުސްފޮޅާލާށެވެ. ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ. މާތްﷲ އީ ތައުބާ ގަބޫލު ކުރައްވާ ދީލަތިވަންތަަ ފަރާތެވެ. ފާފަތަކުން ތައުބާވެއްޖެމީހަކީ ފާފައެއްނެތް މީހެއްފަދަ އެވެ. މާތްﷲ ތައުބާ ވާމީހުން ދެކެ ލޯބިވެވޮޑިގެންވެއެވެ.
މާތްﷲ އަހަރުމެންނަށް ޙައްޤުގޮތް ދައްކަވައި އެގޮތަށް ތަބާވާ ބަޔަކު ކަމުގައި އަހަރުމެން ލައްވާށި! އަހަރުމެންނީ ސުވަރުގޭގެ އަހުލުވެރިން ކަމުގައިލަވާށިއެވެ! އާމީން!
0 ޚިޔާލު: on "ހިތަންއަރުވާލަބަލާށެވެ. މަލަކުލް މައުތު ، ތިބާގެރޫޙު ބައްލަވާ މިވަގުތު ތިބާގެ ގާތަށް ވަޑައިގަންފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ