Sunday, October 24, 2010

ކުޅިވަރަށް މަޖަލަށް ކުރާ މިކަހަލަ ކަންތައްކުރުމުގެ ސަބަބުން ރަށުގެ ބޮޑުބައެއް މިވަނީ ގިރާފަ















ވަގުތީ ފައިދާއަށްޓަކައި، ޤުދުރަތީ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ހަލާކުކޮށް، ހުސް ކުރުމަކީ، އެތައް ގެއްލުމެއް ފަހުން ލިބިދާނެ ކަންތައްތަކެކެވެ. އާޚިރު ނަތީޖާ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލުން ކަހަލަ ކަމަކަށް ވެދާފަދަ ކިތަންމެ ކަމެއް އަހަރުމެނަށް އެބަ ކުރެވެއެވެ.
ދާދި ކުޑަ ވަގުތު ކޮޅެއްގައި ބީޗުގައި އިށި އިނދެ ތިބެލުމަށް ހޭޅިފަށުން ކަނޑާލައި ފަތް ކޯޅިތަކުގެ ސަބަބުން ތިމާގެ ވެއްޓަށް ލިބޭ ގެއްލުމާއި ދޭތެރޭ ވިސްނާލަނީ ކިތަށް މީހުންބާއެވެ. ކުޅިވަރަށް މަޖަލަށް މިކަހަލަ ކަންތައް ތަކުގެ ސަބަބުން މިހާރު މިވަނީ ރަށުގެ ބޮޑުބައެއް އަޅުގަނޑުމެންނާއި އަލްވަދާއު ކިޔާފައެވެ.
އެއްގަމާއި ކަނޑުގައި ލެއްވެވި ތަކެއްޗަކީ، އަހަރުމެނަށް ލިބިދެއްވަވާފައިވާ ޤުދުރަތުގެ ހަދިޔާއެވެ. އިންސާނާގެ އަތްފޯރާ ފަށުގައި ލައްވަވާފައިވާ ތަކެއްޗަކީ، އެ އިންސާނާ، ދިރި ހުރުމަށާއި އެކިއެކި އެހެނިހެން ބޭނުންތަކަށްޓަކައި މިންވަރު ކުރައްވަވާފައިވާ ތަކެތިކަން އަހަރުމެނަށް ޤަބޫލު ކުރެވެނީ ކިހާ މިންވަރަކަށް ކަމެއް ދަންނަވާކަށެއް ނުއިނގެއެވެ.
އެކަމަކު، މި ދެންނެވި ގޮތަށް، ނަހަމަގޮތުގައި ބޭކާރުކޮށް އަނިޔާވެރި ވުމުގެ ނަތީޖާ، ދެރަގޮތުގައި ނުކުންނަ ވަގުތަކީ، އެކަމުގެ ހިތާމަ ކުރަންޖެހޭ ވަގުތުކަމުގައި ދެންނެވިދާނެއެވެ.

ވެތިވެ ދިޔަ ތާނގައި، ކަންވީގޮތާއިމެދު ވިސްނައި ފިކުރުކޮށް، އިޞްލާޙުގެ މަގު ހޯދަން ވެއްޖެ ކަހަލައެވެ! މިހެން މި ދެންނެވީ، މިކަމުގެ އާޚިރު ނަތީޖާގެ “ހިތިކަން” ހިތަށް ފެންނަލެއް ބޮޑު ކަމުންނެވެ! އާދޭހެވެ! އެ ވައްޓާލެވުނީ، އަމިއްލަ ރިހޭ ފައިމައްޗަށް ފޮޔެވެ! އެފަދަ ދުވަހަކުން ވަގުތީ ފައިދާއެއް އަދި އެހެން ފައިދާއެއް ވެސް އޮންނާނީ ނުކޮށްފައެވެ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކުޅިވަރަށް މަޖަލަށް ކުރާ މިކަހަލަ ކަންތައްކުރުމުގެ ސަބަބުން ރަށުގެ ބޮޑުބައެއް މިވަނީ ގިރާފަ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ