
ލިޔެސް ކޯޕަރޭޓިވް ސޮސައިޓީގެ ތެޔޮ ބިން ސަރަހައްދުގައި ކުރަމުންދާ މަސައްކަތް ތަކުގެ %90 މަސައްކަތް ނިމިފައިވާ ކަމުގައި ލިޔެސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާރ މަން އަލްފާޟިލް ޖައުފަރު ރަސީދު ވިދާޅު ވެއްޖެއެވެ.
ލިޔެސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާރ މަން އަލްފާޟިލް ޖައުފަރު ރަސީދު މިހާރު ހުންނެވީ މިމަސައްކަތް އަވަސް ކުރުމަށްޓަކައި ލަންދޫގައެވެ.
މިހާރު ވަނީ ތެޔޮހަންތައް ބެހެއްޓުމަށް ޓަކައި ހަދަންޖެހޭ ބެޑް ތައްޔާރު ކުރެވިފައެވެ. ޖުމުލަ މިބެޑަށް 10000 ރުފިޔާ ހަރަދުވެފައިވާ ކަމަށް ލިޔެސް ކޯޕަރޭޓިވް ސޮސައިޓީގެ ހަޒާންދާރު އަލްފާޟިލާ ތަސްލީމާ އަބޫބަކުރު މައުލޫމާތު ދެއްވައެވެ.

ވަރަށް އަވަހަށް ތެޔޮވިއްކަން ފެށޭނެ ކަމަށާއި މިހާރު އެންމެ ބޮޑަށް ލަސްވަނީ މާލޭ ކޮޅުގައި ތިބި ކުދިން އުޅެންޖެހޭ ބިޒީކަމުން ކަމަށް ލިޔެސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާރ މަން އަލްފާޟިލް ޖައުފަރު ރަސީދު އިއްޔެ ތެޔޮބިން ސަރަހައްދުގައި ވާހަކަ ދައްކަމުން ފާހަގަ ކުރިއެވެ.
0 ޚިޔާލު: on "ތެޔޮ ބިން ސަރަހައްދުގައި ކުރަމުންދާ މަސައްކަތް ތަކުގެ %90 މަސައްކަތް ނިމިއްޖެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ