
ލަންދޫމާބުދުގެ ހިމެނޭ ލަންދޫގެ އާޘާރީ ސަރަޙައްދު ކުނިކަހާސާފުކޮށް ބެލެހެއްޓުމަށް ޖޫންމަހުގެ 1 ވަނަ ދުވަހުންފެށިގެން ލަންދޫ ފައިސަލްއާބާދު މަރިޔަމް ޔޫސުފުގެ ކުންފުނި ލަންދޫ އައިޑިއަލްނެޓާއި ޙަވާލުވަނީ ކޮށްފައެވެ. މިދިޔަ މަހު މާބުދުގެ ސަރަހައްދަށް ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި މިއަދުވަނީ ލަންދޫގެ ދެ ކަތީބުން އެސަރަހައްދަށް ގޮސް ބަލާފައެވެ.
%90 ސާފު ކުރެވިފައިވާ ކަމާއި މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ސާފުކުރެވިފައިވާ މިންވަރު ރަގަޅު ކަމުގައި ލަންދޫ ކަތީބު އަލްފާޟިލް ހަސަން ނަސީރު ވިދާޅުވިއެވެ.

ލަންދޫ އައިޑިއަލް ނެޓަކީ މިހާރުވެސް ފުޅާދާއިރާއެއްގައި ލަންދޫގައި ކޭބަލްނެޓްގެ ޚިދުމަތް ގިނަދުވަސްތަކެއްވަންދެން ދެމުންއަންނަ ލަންދޫ ގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކުންފުންޏެވެ.
0 ޚިޔާލު: on "ލަންދޫގެ އާޘާރީ ސަރަޙައްދު ކުނިކަހާސާފުކޮށް ފައިވާ މިންވަރު ޗެކުކޮށްފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ