
ރައްޓެއްސަކު ހޮޓަލެއްގައި އިންތަން ފެނިގެން ކާރު ޑްރައިވަރަކު ކާރުޕާކުކޮށްލާފައި ގޮސްއޭނާ ކައިރީ އިށީނެވެ. އަދި އަވަސް އަވަސްކޮށްލާފައި ރައްޓެހި މީހާ ބޯން ގެނެސްފައިއިން ޖޫސްތަށި ނަގާ ބޯލިއެވެ. އެއަށްފަހު ބުންޏވެ.
ޑްރައިވަރު: އޭ ! ހާދަ މޫޑްކަޓާފައި... އަނެއްކާ ކިހިނެއްވީ؟
ރައްޓެހި މީހާ : މޫޑު ކަޓާނެނު.. މިއަދު ހައްތަހާވެސް މި ދިމާވަނީ ދެރަވެ މޫޑު ކަޓާކަހަލަކަންތަކާ.. ފުރަތަމަ ހެނދުނު ތެދުވެގެން އަވަސްކޮށްލާފައި އޮފީހަށް ދެވުނު އިރު ގަޑިޖެހިއްޖެ. އޮފީހަށް ވަންތަނާ ބޮސްގާތަށް ރުޅިއައިސްގެން ބުނެފި ތިހިރީ ވަޒީފާއިން ވަކިކޮށްފައޭ..ވީދެރައިން ނުކުތްއިރު ސައިކަލެއްނެތް . އެވަނީ ވަގަށް ނަގާފައި. ޖީބު ބަލާލިއިރު ވޮލެޓެއްވެސް ނެތް ގެނެވިފައެއް . އެހެންވެ ގެޔަށް ދިޔައީ ވޮލެޓް ބަލާ. ދިޔައިރު އަނބިމީހާ އުޅެނީހިލޭ ފިރިހެނެއް ގެއަށް ވައްދައިގެން. އަރައިގެން ރުޅިން ގެއިން ނުކުމެގެން މަރުވާނީއޭ ހިތާމިތަނަށް އައިސް ޖޫސްތަށްޓެއް ނަގާ ޒަހަރު އެއަށް އަޅާފައި ބޯލަން ތައްޔާރުކޮށްލިތަނާ އެވެސްކަލޭ ތި ބޯލީ..
0 ޚިޔާލު: on "މޫޑު ކަޓާނެއެއްނު"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ