Monday, June 14, 2010

ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ވަރަށް އުފާވެރި މާހައުލެއްގައި




މިއަހަރުގެ ފިފާ ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ލަންދޫގެ ޒުވާނުންނަށް ވަރަށް އުފާވެރި މާހައުލެއްގައި ބެލުމަށް އިންތިޒާމް ވަނީ ލިޔެސް ޖަމުއްޔާއިން ހަމަޖައްސަދީފައެވެ. މިކަމަށްޓަކައި ވަރަށް ގިނަ ޒުވާނުން ދަނީ އުފާ ކުރަމުންނެވެ. އަދި ލިޔެސް ޖަމުއްޔާގެ ހިންގާ ކޮމެޓީއަށައި ރައީސަށް ސުކުރު އަދާކުރަމުންނެވެ.
މިފަހަރުގެ ފީފާ ވާލްޑް ކަޕްގެ މެޗްތައް ކުރިއަށްދާ ވަގުތު ތަކުގައި ތަފާތު ބުއިންތަކާއި ލުއިކާނާގެ ބާވަތްތައް އަތްފޯރާފަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސްޓޭޖް ސަރަޙައްދުގައި "ލިޔެސް ކޮފީ ކޯނާރ" ގެ ނަމުގައި ކެންޓީނެއް ވަނީ ހަދާފައެވެ. މިކެންޓީނު ހިންގުމުގައި ހަރަކާތްތެރިވަނީ ލިޔެސްގެ 3 މެމްބަރެކެވެ. އެއީ ނާސިދު (ނާއްޕޭ) ، މާހިރު ( މާޓިން) އަދި އާރިފް ( ބަކިސް) އެވެ.
"ލިޔެސް ކޮފީ ކޯނާރ" އިން ލަވާޒާ ކޮފީ، ޕެކެޓް ކޮފީ ، ސޮފްޓް ޑުރިންކް،ނޫޑްލިސް ފަދަ ތަކެތި ވަރަށް އަގުހެޔޮކޮށް ލިބެން ހުރެވެ. މީގެތެރެއިން މާލޭން 15 ރުފިޔާއަށް ލިބެން ހުންނަ ލަވާޒާ ކޮފީއެއް އެންމެ 10 ރުފިޔާ އަށް ލިބެން ހުންނަ ކަން ފާހަގަ ކުރެވެއެވެ.
މެޗު ނުލުޅޭ ގަޑި ތަކުގައި ތަފާތު ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުވެސް ލިޔެސް އިންވަނީ ހަމަޖައްސާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޓީޓީ އާއި ޑާޓެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ވަރަށް އުފާވެރި މާހައުލެއްގައި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ