Tuesday, June 15, 2010

ރަސްމިއްޔާތައް ތައްޔާރު ކުރި ވީޑިއޯ ލަވަ މިހާރު މާލެގައި



މިއަހަރުގެ ފިފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށްޓަކައި ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމްޢިއްޔާއިން ފެށުމުގެ ރަސްމިއްޔާތައް ތައްޔާރު ކުރި ވީޑިއޯ ލަވަ މިހާރު ވަނީ މާލެއަށް ފޮނުވާފައެވެ. ޓީވީ އެމް ގެ ޕުރޮގުރާމަކުން މިލަވަ ދެއްކޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ އިތުރުން ލަންދޫގައި ކޭބަލް ނެޓު ދޫކުރަމުންދާ ފަރާތާއި ވެސްމިހާރުވަނީ ވާހަކަ ދެކެވިފައެވެ.
މިލަވަ ޑައިރެކްޓް ކޮށްފައިވަނީ މެއްޑޯ އަދި ބެއްރީއެވެ. ވަރަށް ބުރަ މަސައްކަތުން ތައްޔާރު ކުރި މިލަވަޔަށް ބެލުން ތެރިންގެ ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބު ލިބިފައިވެއެވެ.
މިލަވައިގެ ގިނަ މަންޒަރުތައްް ނަގާފައިވަނީ ހައްކަ ސަރަހައްދާއި ކުއްޅަވައްފަލުތެރޭގައެވެ. މިލަވައިން ވަރަށް ތަފާތު އުމުރުފުރާގެ މީހުންނާއި ކުދިން ފެނިގެން ދެއެވެ. އެހެން ނަމަވެސް މީގެ ލީޑް ރޯލް އަދާ ކުރަނީ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރެޑޭ އާއި އައިޖެންޓީނާގެ ސަޕޯޓަރ ސައިއްޓޭއެވެ.

ފުޓޯގައި އެވަނީ ލަވަ ނަގަމުން ދިޔަ އިރު ނަގާފައިވާ ބައެއް ފުޓޯއެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ރަސްމިއްޔާތައް ތައްޔާރު ކުރި ވީޑިއޯ ލަވަ މިހާރު މާލެގައި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ