Tuesday, September 21, 2010

އެންދެރިމާގޭ ގިފިލިން ފެނުނު ކަމަށް ބުނާ ﷲ ގެ އިސްމުފުޅު



ށ. މިލަންދޫގެ ގެއެއްގެ ގިފިލިން ﷲ އިސްމުފުޅު ލިޔެވިފައި އިންދާ ފެނިގެން ރަށުގެ ވަރަށް ގިނަބަޔަކު އެގެއަށް އެމަންޒަރު ދެކެން ޒިޔާރަޔްކުރަމުން ގެންދާކަމަށް މިނޫހަށް ހަބަރުލިބިއްޖެއެވެ. އެގޭ ގިފިލީގައި ފެހިން ލިޔެވިފައިވާ މިކަލިމަ ފުރަތަމަ ފެނުނު ކަމަށް ވަނީ އެގޭގައި ދިރިއުޅެމުންގެންދާ އަންހެނަކަށެވެ.
ށ. މިލަންދޫ އެންދެރިމާގޭ ގިފިލިން ފެނުނު ކަމަށް ބުނާ ﷲ ގެ އިސްމުފުޅުގެ ހަބަރު ނަގާފައި މިވަނީ އެރަށުގެ ބުލޮގަކުންނެވެ.
އެބުލޮގުން މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން އެންދެރިމާގެއިން ފެނުނު މިކަލިމަފުޅު ދެކިލުމަށްޓަކައި ރަށުގެ ރައްޔިތުނބްގެ އިތުރުން ރަށަށް ޒިޔާރަތްކުރަމުންގެންދާ މެހެމާނުންވެސް ވަނީ ކިޔޫ ހަދާފައެވެ. އެންދެރިމާގޭގެ މީހުންވެސް ވަނީ މިމަންޒަރުބަލަން ބޭނުންކޮންމެ ފަރާތަކަށް އެފުރުސަތު އާންމުކޮއް ހުޅުވާލެވިފައިކަމަށް މިނޫހަށް މައުލޫމާތު ލިބިފައިވެއެވެ.
އެންދެރިމާގޭ އައިސާ ނަމަކަށް ކިޔާ މީހަކު އެދުވަހު ވިއްސާރަ ހުއްޓުމުން ގޭގެ ގިފިއްޔަށް ދިޔައިރު ﷲ ގެ އިސްމުފުޅު އިންތަން ފެނިގެން އެކަން އެގޭ އެހެންމީހުންނަށް ދެއްކީއެވެ. ދެން މިހަބަރު އެކެއްގެ ދުލުން އަނެކެއްގެ ދުލުން ފެތުރެމުންގޮސް މުޅިރަށަށް މިހަބަރު ވަނީ އާންމުވެ ރަށުގެ ވަރަށް ގިނަބަޔަކު މިމަންޒަރު ދެކެން އައިސްފައެވެ.
މިއިސްމުފުޅުގެ ތަފާތު ފޮޓޯތަށް މިހާރުވެސް ދަނީ ފެތުރެމުންނެވެ. މިފަދަ އެކި ގޮތްގޮތަށް ހެދިފައި ނުވަތަ ލިޔެވިފައިވާ އިސްމުފުޅުތަށް ރާއްޖޭން ދޭތެރެދޭތެރެއިން ފެންނަމުންދާކަމުގެ އަޑުތަށް ފެތުރެމުންދެއެވެ. މިއީ މީގެ އެތަށް ސަތޭގަ އަހަރެއްކުރިންވެސް އެކި ސިފަސިފާގައި ފެންނަމުންދާ ﷲ ވޮޑިގެންވާކަމުގެ އަލާމާތްތަކެކެވެ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

1 ޚިޔާލު: on "އެންދެރިމާގޭ ގިފިލިން ފެނުނު ކަމަށް ބުނާ ﷲ ގެ އިސްމުފުޅު"

ވާނުވާ said...

tiyaee firu aunu jamaanuge eache ta........?

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ