Monday, October 25, 2010

ނޮވެމްބަރ 11ގެ ކުރިން ޖާޒީބައި ގަންނަން ޖެހޭ



އާރުއެސް ލިޔެސް ހޮލިޑޭކަޕްގެ ލޯންޗިން ސެރަމަނީ ނޮވެމްބަރ 11 ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރޭ ލިޔެސް އޮފީހުގައި ބޭއްވި ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެރޭގެ ކަންތައްތައް ރާވާލައިފައެވެ.
މި ސެރަމަނީގައި މުބާރާތުގެ ޤަވާއިދާއި ޓްރާންސްފަރ ޤަވާއިދު އާންމުކުރުމާއި ޓީމްތަކުގެ ޖޯޒީތައް ދައްކާލުމާއި މުބާރާތުގެ ލޯގޯ ދައްކާލުން އޮންނާނެއެވެ. މި ސެރަމަނީ ގައި ޤަވާއިދުތައް ޓީމްތަކުގެ ކުޅުންތެރިންނަށް ކިޔައިދިނުން އޮންނާނެވެ.
ސެރަމަނީ މުބާރާތުގައި ވާދާކުރާ ކޮންމެ ޓީމަކުން އެޓީމެއްގެ މޭޒު ތައްޔާރުކުރާގޮތަށް ހިންގާ ކޮމެޓީގެ މެމްބަރުންގެ ފުރިހަމަ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މިހާރު ކުލަބް ތަކުން ދަނީ މިއަހަރަށް ޖާޒީ ގަންނަމުންނެވެ. މުއްސަދި ކުލަބުތަކުން އަގު ބޮޑެތި ޖާޒީއެވެ. އަދި ފަގީރު ކުލަބް ތަކުން ދަނީ 1300 ރުފިޔާއަށް ޖާޒީ ގަންނަމުންނެވެ.
މިދިޔަ އަހަރު އެންމެ ބޮޑު ހަރެއްދެއް ޖާޒީ ގަތުމަށް ހަރަދު ކުރި ވެލޯސިޓީން ދަނީ މިފަހަރުވެސް އަގު ބޮޑު ޖާޒީބައެއް ގަތުމަށް ތައްޔާރު ވަމުންނެވެ. އެއީ 5000 ރުފިޔާގެ ޖާޒީބައެކެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ އޮކާޗީން ވެސް ދަނީ 6000 ރުފިޔާގެ ޖާޒީބައެއް ގަތުމަށް ތައްޔާރު ވަމުންނެވެ. އެފްސީ އޮކާޗީން ވަނީ ވެލޯސިޓީގެ އާރިއްޕޭ އާއި ޖާޒީ ގަތުމަށް ހަވާލުކޮށްފައެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ނޮވެމްބަރ 11ގެ ކުރިން ޖާޒީބައި ގަންނަން ޖެހޭ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ