
ޢީދުކުޅިވަރު ކުޅުމާއި ބޭހޭގޮތުންވެސް ލިޔެސްގެ ހިންގާ ކޮމެޓީން މަޝްވަރާ ކޮށްފިއެވެ. އެގޮތުން ބޮޑު ޢީދުގައި ސްޕޯރޓްސް މީޓަކާއި ތަފާތު އެހެނިހެން ކުޅިވަރުތައް ބާއްވާގޮތަށް މެމްބަރުންގެ އިއްތިފާގުން ރޭވަނީ ފާސްކޮށްފައެވެ.
ޢީދުކުޅިވަރު ކުޅުމަށް ލިޔެސްގެ ހިންގާ ކޮމެޓީން ނިންމިޔަސް ، އީދު ކުޅިވަރުތައް ކުޅެވޭނީ މިކަން ކުރަން ބޭނުންވާ ކުދިންނާއި މީހުން ގެ އެއްބާރު ލުމުންނެވެ. އެހެންވެ އިތުރު ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިބައްދަލުވުމުގައި ސްޓޭޖް ޝޯތަކާއި ތަފާތު ވައްތަރުގެ ހެދުން އަޅައިގެން މާލިހެދުމާއި ފެންކުޅި ކުޅުން ފަދަ ފޯރި ގަދަ ކުޅިވަރުތައް ފާސްކުރުން އޮންނާނެވެ. މި ބައްދަލުވުމުގައި މިކަން ކަމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެގެން މެނުވީ ، އުފާވެރި އީދަކަށް ނުހެދޭނެވެ.
" މިފަހަރު ހާދަ ކަޑައޭ " ބުނެ ލުމުގެ ބަދަލުގައި އީދު ކުޅިވަރުގެ ކޮންމެވެސް އެއް އައިޓަމެއްގައި ބައިވެރި ވެލައްވާށެވެ. ނަމަވެސް ކޮންމެ ކަމެއް ގައި ބައިވެރި ވުމުގެ ކުރިން ދީނީ ގޮތުން އޮތް ގޮތް އޮޅުން ފިލުވުމަކީ ބުއްދިވެރިން އަމަލު ކުރާ ގޮތެވެ. ހަރާމް ކުރައްވާފައިވާ ކަންތައް ތިމާ ކިތެއްމެ ކުރާހިތްވާ ކަމަކަށް ވިޔަސް އެކަން ހަލާލެއް ނުކުރެވޭނެވެ. އެއީ ހިތް ރަގަޅުކޮށްގެން ކުރި ކަމުގައިވިޔަސް މެވެ.
ލަންދޫގައި ދީނީ ހޭލުންތެރިން އިތުރުވެ ، ކުރިން ސްޓޭޖު ތަކުގައި ލަވަ ކީ ފަރާތްތަކާއި ނަށަމުން ދިޔަ މީހުން ވަނީ އެކަން ނުކުރާނެ ކަމަށް އިއުލާން ކޮށްފައެވެ. ސުވާލަކީ މިފަހަރުގެ އީދުވެސް ވަނީ ނިމިދިޔަ ކުޑަ އީދު ފަދަ އީދަކަށް ބާއެވެ.
އީދުގައި ރަށްރަށުގައި ޒުވާނުންގެ ފަރާތުން ތަފާތު ކުޅިވަރުތައް މާލެއިން ޒިޔާރަތްކުރާ މެހެމާނުންނަށް ދަސްވާ ފަދައިން މެހެމާނުންގެ ފަރާތުން ވެސް ރަށްރަށުގެ ޒުވާނުން ވެސް އަންނަނީ ތަފާތު ހުނަރުތައް ދަސްކުރަމުންނެވެ.
މި ގޮތަށް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ސަބަބުން ރަށަށް އަންނަ މެހެމާނުންނާއި ގާތް ގުޅުމެއް ބަދަހިވެ ގާތް އެކުވެރިންނަށް ބަދަލުވެގެންދެ އެވެ. މީގެ ސަބަބުން ޗުއްޓީތަކުގައި ދެ ފަރާތުން ވެސް ދައުވަތުތައް ލިބި އަހުވަންތަކަމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދެ އެވެ.
0 ޚިޔާލު: on "" މިފަހަރު ހާދަ ކަޑައޭ " ބުނެ ލުމުގެ ބަދަލުގައި އީދު ކުޅިވަރުގެ ކޮންމެވެސް އެއް އައިޓަމެއްގައި ބައިވެރި ވެލައްވާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ