
މަޝްހޫރު ފަރުމަސް ކެޔޮޅު ޒާހިރު އިބުރާހިމް ( ޒާންޑަ ) ގެ މަސްވެރިކަމުގެ ދަށުން ރޭފަތިހު ނުކުތް ޑިންގީ ގަނޑުން އާދަޔާ ހިލާފަށް ބޮޑު ރަތް މަހެއް ބާނައިފިއެވެ. " އާއްމުކޮށް އަހަރެމެން މަހަށް ނުކުމެފައި ބޮއި އަޅާފައި ދޫކޮށްލަނީ. ފަތިހުވެސް ހެދީ ހަމަ އެހެން . އިރުކޮޅެއް ކޮށްފައި ބޮއި ދޮށަށް އައިރު ރަތް މަސް އޮތީ ތެޅި ތެޅި މަށްޗަށް އަރާފައި. ބުޅި ނުނެއްޓިގެން މިއައި ރަށަށް" ވަރަށް ފޮނިވެ ހުރި މަޝްހޫރު ފަރުމަސް ކެޔޮޅު ޒާހިރު އިބުރާހިމް ( ޒާންޑަ ) ހެޑްލައިންސްއަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.

ޒާހިރު އިބުރާހިމް ( ޒާންޑަ ) އަކީ ލަންދޫގެ ތަޖުރިބާ ހުރި ދުވަސްވީ މަސްކެޔޮޅުން ނަށް ގޮންޖަހާލާފަދަ މޮޅު ހުނަރުވެރި ޒުވާން މަސްކެޔޮޅެކެވެ.
މިއަދު މިބޭނި މަހުގައި ގާތްގަޑަކަށް 4 ފޫޓް ހުންނާނެ ކަމުގައި މި ދަތުރުގެ ކެމެރާމަން އަހުމަދު ރަސީދު ( ލައިބު ) ބުނެއެވެ
.
0 ޚިޔާލު: on "މަޝްހޫރު ފަރުމަސް ކެޔޮޅު ޒާހިރު އިބުރާހިމް ( ޒާންޑަ ) އާދަޔާ ހިލާފު ބޮޑު ރަތް މަހެއް ބާނައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ