
ރައީސް މުހައްމަދު ނަސީދު (އަންނި ) އަކީ އެހެން ރައީސުންނާއި ވަރަށް ތަފާތު ބޭފުޅެކެވެ. އާއްމުންނައި ގާތް ގުޅުނެއް ބާއްވަމުން އަންނަ ރައީސް ނަސީދު އަންނަނީ މުޅި ދުނިޔޭގެ އެންމެން ސަމާލުކަން ދަމައިގަންނަ ކަހަލަ ކަންތައް ކުރަމުންނެވެ. ކަނޑު އަޑީގައި ކެބިނެޓްގެ ބޭއްވުން ކަހަލަ ފައްކާކަންކަމެވެ.
ރައީސް ނަސީދު ވެރިކަމަށް އައީ އެތައް ދިވެހިންގެ އުއްމީދުތަކާއި އެކީއޭ ދެންނެވީމާ އެކަން ގަބޫލު ނުކުރާނީ ކާކުބާއޭ އަޅުގަނޑު ހިތައްއަރައެވެ. ހަމައެޔާއެކު ރައީސް ނަސީދާއި މެދު އާންމުން ދެކެމުން އަންނަނީ ވަރަށް އުއްމީދީ ނަޒަރަކުންނެވެ.
ނަމަވެސް އެހެން އެމަގުން ހިނގަމުން އަންނަނިކޮށް ކުއްލިއަކަށް ރައީސް ނަސީދުގެ ވެރިކަމުގެ އެއްމެ މަތީ ފަންތިއަށް ފޯރާފައި ވެއްޓުމާއި ދިމާއަށް މިސްރާބު އެޖެހީ ކީއްވެބާއެވެ؟
މިގޮތުން ރައީސް ނަސީދުގެ ކައްޕިތާނު ކަމުގައި ފުރި މިއޮޑި ފަރަށް އަރަންޖެހުނު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި:
މި ޕޮއިންޓާއި ރައީސް ނަސީދު ހިލާފު ވުމުގައި ވަގުތުގެ ދައުރުވެސް ބޮޑެވެ. ރައީސް ނަސީދަށް ވެރިކަން ލިބުނު އިރު ލިބުނީ ލޮވެލާފައި ހުސްބަނޑިޔާއެއްހެން އޮތް ސަރުކާރެކެވެ. ބޭރު ފުށުން ކިތަންމެ ވިދިޔަސް އެތެރެ ހުސްކޮށް އޮތް ސަރުކާރެކެވެ. އެކަމުގައި ރައީސް ނަސީދު ކުރާނެ ކަމެއް ނެތެވެ. އެހެން ކަމުން މަޖުބޫރުންވެސް ދިވެހި ސަރުކާރު ސަލާމަތް ވުމަށްޓަކައި މުވައްޒަފުންގެ މުސާރައާއި އަދި ކަރަންޓުގެ އަގު ބޮޑު ކުރަން އެބަ ޖެހެއެވެ. އެއީ ހަގީގަތުގައި މައްސަލައެއް ނޫނެވެ.

ކޮންމެ އަކަސް ރައީސް ނަސީދު މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ކުލައިން ރައީސް ނަސީދުގެ މުސްތަގުބަލު ދަނީ ކުރެހެމުންނެވެ. އެ މުސްތަގުބަލު ދާދި އަވަހަށް ރައީސް ނަސީދު ދެކެވަޑައިގަންނަވާނެއެވެ. އެ މުސްތަގްބަލަކީ ހިތި ނުވަތަ ފޮނި އެއްޗަކަށް ހަދާނީ ޒަމާނެވެ. ޒަމާން ހަދާނެ ގޮތެއް ބަލަން ތިބެމާ ބަހީއެވެ.
0 ޚިޔާލު: on "ރައީސް މުހައްމަދު ނަސީދު (އަންނި ) އަކީ އެހެން ރައީސުންނާއި ވަރަށް ތަފާތު ބޭފުޅެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ