Monday, October 25, 2010

އެކްސްރޭގެ ސަބަބުން ހީނުކުރާހާ ގެއްލުން އިންސާނާއާ ކުރިމަތިވޭ




ސިއްޚީ ގޮތުން ބޮޑުކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހޯދާއިގަތުމަށް ޓަކައި ތަފާތު ޓެސްޓުތައް ހެދުމުގެ ފިކުރު އަހަރެމެންގެ ސިކުނޑީގެ ތެރޭގައި ހިންގާލެވެއެވެ. މިގޮތުން އެކްސް ރޭ އަކީ އަހަރެމެން އެންމެ އާންމުކޮށް ކުރާ އެއް ޓެސްޓެވެ. ހަށިގަނޑުގެ ތެރޭގައިވާ ޓިޝޫ ތަކުގެތެރެއަށް ރޭޑިއޭޝަން ފޮނުވާލެވި މި ރޭޑިއޭޝަން ގެ އެހީގައި ހަށިގަނޑުގެ ތަސްވީރެއް ކުރަހައެވެ. މިގޮތުން ކަށީގެ އެކްސްރޭ ، ދަތުގެ އެކްސްރޭ ގެ އިތުރަށް އަލަށް އުފެދިންގެ އައި އެކްސްރޭ ސީ އޭ ޓީ ސްކޭން ކުރެވެއެވެ.
މި އެކްސްރޭ ގައި ތިންބިތް ހަމަ (ތްރީ ޑީ ޑައިމެންޝަން) ތަސްވީރެއް ޓީވީ ގެ ޒަރީ އާއިން ފެންނަ ގޮތް ހަދާލެވެއެވެ. މި ގޮތުން ފެންނަ ތަސްވީރު ސާފުވެ އެނގުން ބޮޑުވެއެވެ. މިހާ ހިސާބުން ފަރުވާ ފެށެއެވެ. ފަރުވާ ކުރުމަށްޓަކައި ކުރެވޭ ބައެއް ތަހުލީލުތަކުން އިންސާނާގެ ހަޔާތަށް ހީނުކުރެވޭ ވަރަށް އޭގެ ގެންލުން ބައެއްފަހަރަށް ފޯރައެވެ. މި ގޮތުން އެކްސްރޭ ގެ ސަބަބުން ހަޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާއި ބައެއް ފަހަރަށް ކުރިމަތިލާންޖެހެއެވެ. އިންސާނާގެ ހަޔާތުގެ ނިމުން ބަލިދިފާއު ވުމަށް ކުރެވޭ ފަރުވާ އިން އޭގެ އަމިއްލަ ޒާތުގައި ކުރިމަތިވެގެން އައުމަކީ ޑޮކްޓަރު ކީއްކުރަންތޯ އެފަރުވާ އުފެއްދި މާހިރަކުވެސް ކުރާނެ ކަމެއް އޮތްކަމެއްނޫނެވެ. އެހެނަސް އޭގެން ލިބޭ ގެއްލުން ދެނެގަތުމަކީ ފަރުވާ އާއި ހަމައަށް ދިއުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ އެއްކަންތަކެވެ.
އެކްސްރޭ ގެ ސަބަބުން އިންސާނުންނަށް ހަޤީޤަތުގައި ގެއްލުންތަކެއް ލިބިބެއެވެ. މި ގެއްލުން ލިބެނީ ތިންގޮތަކުން ނެވެ. އެއީ
ފުރަތަމަ ގޮތަކީ އެކްސްރޭގެ ރޭޑިއޭޝަން ހަށިގަނޑުގެ ވަކި ވަކި ސެލްތައް ހަލާކޮށްލައެވެ. ( މި ގޮތަށް ހަލާކުވުމުން ގިނަފަހަރަށް އެ ސެލްތައް އަލުން ، އޭގެ ޒާތުގައި ހަލާކުވި ބައި މަރާމާތުވެ ފޫބައްދައެވެ) މަދުފަހަރަކު މި ގޮތަށް ހަލާކުވާ ސެލްތައް ކެންސަރ ސެލްތަކަށް ބަދަލުވެއެވެ. މި ގޮތަށް ދިމާވުން ބިނާވަނީ އެކްސްރޭ ގެ އަސަރު ސެލްތަކަށް ކޮށް ފެތުރޭ މިންވަރެއްގެ މައްޗަށެވެ.

ދެވަނަ ގޮތަކީ ބަލިވެ އިނދެފައިވާހާލު އެކްސްރޭ ނަގައިފިނަމަ ބަނޑުގައިވާ ދަރިފުޅު މަރުވެދެއެވެ. ނުވަތަ ސިއްޚީ ގޮތުން ބަލި ކުއްޖަކަށް ބަނޑުގައިވާ ދަރިފުޅު ބަދަލުވެއެވެ.

ތިންވަނަ ގޮތަކީ އެކްސް ރޭގެ ސަބަބުން ދަރިމައި ވުމުގެ ފަނި ނުވަތަ ނިޒާމް ހަލާކުވެދެއެވެ. މި ގޮތަށް ޅައުމުރުގައިވެސް އަދި ބޮޑެތިމީހުންނަށް ވެސް އެކްސްރޭގެ ސަބަބުން ދިމާވެއެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ރޭޑިޔޮލޮޖިކަލް ޕްރޮޓެކްޝަން ބޯޑާއި ރޯޔަލް ކޮލެޖް އޮފް ރޭޑިޔޮލޮޖިސްޓުން 1991 ގައި ހޯދި ހޯދުންތަކުން ދައްކަނީ އެމެރިކާގައި ކެންސަރުޖެހިގެން މަރުވާ 1000 މީހުންނަކީ އެކްސްރޭ ގެ ސަބަބުން ކެންސަރުޖެހޭ މީހުންކަމުގައެވެ. އަދި އިނގިރޭސިވިލާތުގައި ކެންސަރުޖެހިގެންމަރުވާ 1000 މީހުންގެ ތެރެއިން 250 އާއި 100 އާއި ދެމެދު މީހުންނަކީ އެކްސް ރޭގެ ސަބަބުން ކެންސަރު ޖެހިގެން މަރުވާ މީހުން ކަމުގައެވެ. އިނގިރޭސިވިލާތުގެ ނޭޝަނަލް އެކަޑަމީ އޮފް ސައިންސް 1991 ގައި ހާމަކުރި ގޮތުގައި ލޫކީމިޔާ ( ކެންސަރުގެ ވައްތަރެއް / ބްލަޑް ކެންސަރ ) ޖެހިފައިވާ ކުދިންގެ %1 ހިއްސާ ކުރަނީ އެކްސްރޭ އެވެ. އަދި ކެންސަރުގެ އެހެންވައްތަރުތަކުގެ 1% ނުވަތަ%2 އަކީވެސް އެކްސް ރޭގެ ސަބަބުން ޖެހިފައިވާ ކެންސަރުކަމުގައެވެ.
1950 ގެ ތަރައްގީ ނުވެ އޮތްދުވަސްވަރުގައި ބޭސްވެރިކަމުންވަނީ ލޫކީމިޔާ އާއި ކުއްޖާ ބަނޑުގައި އޮއްވާ ހަދާ އެކްސްރޭ އާއި ހުރި ގުޅުންހޯދާފައެވެ. އެދުވަސްވަރު ޑޮކްޓަރުން ދެކެމުން އައީ މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ހާލަތާއި މައިމީހޭގެ ދަރިއަށަގަންނަ ނިޒާމު ބެލުމަށް އެންމެ މުނާސަބަތު ގޮތަކީ އެކްސްރޭ ނެގުން ކަމުގައެވެ. މާބަނޑު މީހަކު އެކްސްރޭ ނަގައިފިނަމަ ބަނޑުގައިވާ ދަރިފުޅަށް ކެންސަރުޖެހުމުގެ އޮންނަނީ %40 އެވެ. ލޫކީމިޔާ ޖެހުމުގެ ފުރުސަތު އޮންނަނީ %70 އެވެ. އެކްސްރޭ އާއްމުވެފައިވާ މިންވަރަކީ ހުޅަނުގެ ގައުމުތަކުގައި ކޮންމެ މީހަކުވެސް މަރުވުމުގެ ކުރިން 8 އާއި 20 އާއި ދެމެދު އަދަކަށް އެކްސްރޭ އެވްރެޖް ގޮތެއްގައި ހަދައެވެ. ދިވެހިރާއްޖޭގައި އެކްސްރޭ ހެދޭ އާއްމު މިން ކޮށްލައިފިނަމަ އެކަން ތަސައްވަރު ކުރެވޭނެއެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އެކްސްރޭގެ ސަބަބުން ހީނުކުރާހާ ގެއްލުން އިންސާނާއާ ކުރިމަތިވޭ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ