
ލިޔެސް ޕުރީސުކޫލު ކުދިންގެ 2010 ވަނަ އަހަރުގެ ގުރެޖުއޭޝަން ބޭއްވުމަށް ތައްޔާރު ވަމުން އެބަދެއެވެ. ލިޔެސް ޕުރީސުކޫލުގެ އެންމެ ދޮށީ ކުދިން ކަމަށްވާ ޔޫ ކޭ ޖީ ކުދިންގެ ޓެސްޓް މިހާރު ދަނީ ކުރިއަށެވެ. އެލް ކޭ ޖީ އަށާއި ނާސަރީ އަށް މިއަހަރު ޓެސްޓެއް ނުދެއެވެ.
މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ ގުރެޖުއޭޝަން ކުލަ ގަދަ ގޮތެއްގައި ބޭއްވުމަށް ޕުރީ ސުކޫލުގެ ދެ ޓީޗަރުންދަނީ މަސައްކަތް ކުރަމުންނެވެ. މިފަހަރު ކުދިންގެ އައިޓަމެއް ތައްޔާރު ކުރުމަށް ދަނީ ރާވަމުންނެވެ.
މިއަހަރުވެސް ލިޔެސް ޕުރީސުކޫލު ކުދިންގެ 2010 ވަނަ އަހަރުގެ ގުރެޖުއޭޝަން ބޭއްވުމަށް ރޭވިފައިވަނީ ލަންދޫ ސުކޫލުގައެވެ.
0 ޚިޔާލު: on "ލިޔެސް ޕުރީސުކޫލު ކުދިންގެ 2010 ވަނަ އަހަރުގެ ގުރެޖުއޭޝަން ބޭއްވުމަށް ތައްޔާރު ވަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ