Wednesday, October 27, 2010

ލަންދޫ ހުކުރު މިސްކިތްތެރެއިން ބަކައްޓަކާއި ހިމާރެއް ގޮވައިފި



ލަންދޫ ހުކުރު މިސްކިތްތެރެއިން ބަކައްޓަކާއި ހިމާރެއް ގޮވައިފިއެވެ. " އަހަރެން ދިޔައީ ސިއްސައިގެން. އޭރު އަހަރެން އިނީ ނަމާދުކޮށް ނިމިގެން ﷲ އަށް ދުއާ ކުރަން. ކުއްލިޔަކަށް ހިމާރެއްގެ އަޑު އިވުނު. " އުމްބޮހޭޙޭހޭ' ' " އަހަ އެއާއި އެކު އަނެއްކާ ބަކަށްޓެއްގެ އަޑު އިވުމުން ފަހަތަށް ބަލާލީ މެވެ. އަހާ! އެއީ ކޮންމެވެސް ބޭފުޅެއްގެ ފޯނުގެ ރިންގް ޓޯން. ނަން ހާމަ ކުރަން ބޭނުން ނޫން މީހަކު ހެޑްލައިންސްއަށް ކިޔައި ދެމުން ބުންޏެވެ.
މިއީ ނަމާދުގެ ތެރޭގައި ދިމާވި ކަމެއް ނަމަ ކިތަށް މީހުންގެ ނަމާދަށް ދޭން ޖެހޭ ސަމާލުކަން ކުޑަ ވީސްތާއެވެ. މިއީ މިހާރު ލަންދޫގެ މިސްކތުން ފެންނަ ވަރަށް އާއްމު ކަމެކެވެ. ގެންގުޅޭ ފޯނު ނިއްވާލުމަށް ކޮންމެ ބޭފުޅަކުވެސް ސަމާލު ކަންދޭށެވެ. ނޫން ނަމަ ތިމާގެ ފަރާތުން އަނެކުންނަށް ލިބިދޭ ގެއްލުމާއި ހަލާކު ދާނީ ލިބެމުންނެވެ.
ފޯނަށް ރިން ޓޯން ލުމުގައިވެސް ތަންކޮޅެއް އަޑު އަހާލަން ފަސޭހަ ޓޯން އެއް ލުމަކީ އަހެން މީހުންނަށް ވަރަށް ފަސޭހަ ވާނެ ކަމަކަށްވާތީވެ މިފަދަ ކަންކަމައި ދޭތެރޭ ވިސްނާލުމަށް ނަޞޭޙަތްތެރިވަމެވެ.
ޖަމާޢަތުގެ ނަމާދުގައި ހުއްޓަ ތިމާގެ ޖީބުގައިވާ ފޯނު އަޑު ގަދަކޮށް ރިންގުވާންފަށައިފިނަމަ، ވީ އެންމެ ކުޑަ ހަރަކާތެއް ގެނެސްގެން ފޯނު ނިއްވާލަންވާނެއެވެ. ސަބަބަކީ އޭގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ވެދާނެތީއެވެ. ( ސުވާލުގެޖަވާބު ދެއްވީ އައްޝެއިޚް ޢަލީ ޒާހިރު )
ވީމާމަތީގާ ބުނެވުނު ފަދައިން ޢަމަލު ކުރުމަށް އަޅުގަނޑުވެސް ތިބޭފުޅުންނަށްނަޞޭޙަތްތެރިވަމެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫ ހުކުރު މިސްކިތްތެރެއިން ބަކައްޓަކާއި ހިމާރެއް ގޮވައިފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ