ލިޔެސްގެ ހިންގާ ކޮމެޓީގެ ތާޢީދާއި އެކު ކުލަބުތަކުން ރަޖިސްޓުރީކޮށްފައިވާ ލޯގޯ ބަދަލުކުރުމުގެ ފުރުޞަތު އެޗް.އޯ.ސީ އިން އިއްޔެ ދީފިއެވެ. މިގޮތަށް މިކަން ކުރަން ނިންމާފައިވަނީ ކުލަބް ޗެލެންޖާރސްގެ އެދުމުގެ މަތިންނެވެ. އެމީހުންނަށް ވިސްނައިނުލައި ކުރެހިފައިވާ ޕެޕްސީ އިސްތަހާރު އަށް މީހުން ޖޯކު ޖަހާ ޓީމު ތެރޭގައި ހިޔާލު ތަފާތު ވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ކުރެހުން ޕެޕްސީ ލޯގޯއިން ލިބުނު ތަޖުރިބާގެ އަލީގައި މިފަހަރު ކުލަބް ޗެލެންޖާރސްއިން ވަނީ އެ ޓީމްގެ ލޯގޯ ފަރުމާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލާފައެވެ. ލޯގޯގައި ނުލާ، ހުދާ، ރަތާ ހުންނަން ޖެހޭނޭކަމަށްވެސް އެޓީމުން ވަނީ ބުނެފައެވެ. އަދި ފުޓްބޯޅަ ލޯގޯއަކަށް ވާން ޖެހޭނެ ކަމަށާއި ލޯގޯގައި "ނޯވަން ކޭން ޖެލެން ޖް ކުލަބް ޗެލެންޖާސް" އޮންނަން ޖެހޭނެ ކަމަށް ޝަރުތު ކުރިއެވެ.
No one can challenge, club challengers “
ޓީމުގެ މުޓޯ ކަޑަ އެޅުމުގައި ބުނެވޭ އެއްޗަކާއި މެދު ވިސްނާލުމަށް ޗެލެންޖާސްގެ މެނޭޖްމެންޓަށް ގޮވާލަމެވެ. މިއީ ކުފުރުގެ ބަހެއް ކަމަށް ބެލެވެއެވެ. އެއްވެސް މީހަކަށް ޗެލްންޖު ނުކުރެވޭނެ ވާހަކަ ބުނުމީ ކުފުރުގެ ބަހެކެވެ. ކޮންމެ ކަމެއް ކުރަން ބުނުމުގެ ކުރިން " އިރާދަ ކުރެއްވިއްޔާ " އެކަން ކުރާނަން ބުނުމަކީ އެންމެ ރަގަޅު ގޮތެވެ.
0 ޚިޔާލު: on ""ނޯވަން ކޭން ޖެލެން ޖް ކުލަބް ޗެލެންޖާސް" މިއީ ކުފުރުގެ ބަހެއްބާ؟ ވިސްނާލުން ރަގަޅު"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ