Wednesday, October 27, 2010

ކުރުކޮށް ، ފޮނިކޮށް ، ހޫނުކޮށް ލަންދޫގެ ޙަބަރުތައް ލަންދޫ ހެޑްލައިންސް އިން



ލަންދޫ ހެޑްލައިންސް އަކީ ބިޒީ ޝެޑިއުލްގެ މީހުންނަށް ރަށުގެ އެންމެ ހޮޓް ހަބަރުތައް ވީއެންމެ ކުރުކޮށް ގެނެސް ދިނުމަށްޓަކައި އަޅުގަނޑު ކުރިއަށް ގެންދާ ބުލޮގެކެވެ. އަޅުގަނޑަކީވެސް ތުބުޅި ނުފަޅާއިރު ކޮންމެވެސް ސިފައެއްގައި ލަންދޫގައި ނޫސްވެރިކަން ކުރި މީހަކީމެވެ. ބުރިސިލް ބޯޑުގަޔާއި ގަނޑުފަދަ ތަކެތީގައި އޭރު އެންމެ ގިނަ އެއްޗިހި ލިޔެ ހިއްޕި މީހުންގެ ތެރޭގައި އުޅުމުގެ ސަބަބުން މިއަދު އަޅުގަނޑު މިވަނީ ނޫސްވެރިކަމަށް ޝައުގު ވެރިވެފއެވެ.
ލަންދޫ މިދެންނެވި ފަދަ ތަކެތި ލިޔެ ހިއްޕުމުގެ އަދަބެއްގެ ގޮތުން އަތޮޅު އޮފީހަށް ގެންގޮސް އޭރު ދެވެން އޮތް އެންމެ ބޮޑު އަދަބު ލިބުނު 3 މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނޭ ކަމީ މިއަދު އަޅުގަނޑު ފަހުރުވެރިވާ ކަމެކެވެ. ނުހަނު ހިތް ހަމަ ޖެހުމާއި އެކު އުފާ ކުރާ ކަމެކެވެ.
މި ބުލޮގް މެދުވެރިކޮށް ރަށުގެ ހުރިހާ ހޮޓް ނިވްސް ތަކަކާއި ހެއްވާ ހަބަރުތައް އަދި ފޮރުވިފައިވާ އެތަށް ކަމެއް ހޯދާ ދިރާސާކޮށް މި ބްލޮގް ގެ އަޙްލުވެރިންނާއި ހިސާބަށް ގެނެސް ދެވޭތޯ އަޅުގަނޑު ބަލާނަމެވެ.
މާތްﷲ ގެ ވާގިފުޅާއި އެކު މި ބްލޮގް ވެގެންދާނީ ހަމަ ހަމަ ކަމާއި ، އިންސާފްވެރި ކަމާއި ތެދުވެރިކަމާއި އެކު ރަށުގައި ހިގާ ހޫނު ހަބަރުތައް ގެނެސް ދިނުމެވެ.

މިއަދު ހެޑްލައިންސް ހެދުމަށްޓަކައި އެބޭފުޅާގެ އަގުހުރި ވަގުތުތަކުން ވަގުތުކޮޅެއް ހުސްކޮށް ދެއްވާ ލަންދޫ ހެޑްލައިންސް ޑިޒައިން ކޮށްދީފައިވާތީވެ ލަންދޫ ސުކޫލުގެ ކޮމްޕިއުޓަރ ޓެކްނިޝަން އަލްފާޟިލް އަބުދުއްﷲ އިބުރާހިމް ( ޒީރޯ ) އަށް ވަރަށް އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. އަދި މިބްލޮގަށް ފާޑުވިދާޅުވުމުގައި ޒާތީ ތަޢައްސަބުން އެއްކިބާވެ ބިނާކުރުވަނިވި ގޮތަކަށް ވިދާޅުވާ ކޮންމެ ފާޑުކިއުއްވުމަކަށް އަދި ފާޅުކުރައްވާ ކޮންމެޚިޔާލަކަށް މަރުޙަބާ ކިޔާނެވާހަކަ އުފަލާއެކު ފާހަގަ ކޮށްލަމެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކުރުކޮށް ، ފޮނިކޮށް ، ހޫނުކޮށް ލަންދޫގެ ޙަބަރުތައް ލަންދޫ ހެޑްލައިންސް އިން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ