Tuesday, October 26, 2010

ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ހުރިވަރު ހޮޓަލަށް ދިޔުމުގެ ބަދަލުގައި ހަވީރު ފުޓްބޯޅަ، ފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ.



އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ސަމާލުކަން ދޭ މީހެކެވެ. މިހެން ބުނުމުން ކޮންމެ މީހަކުވެސް މިކަމަށް ސަމާލުކަން ދޭހެއްޔޭ ތިބޭފުޅުން ސުވާލުކޮށްފާނެއެވެ. އެހެންވިއްޔާ ބުނަލަން އޮތީ ބަޔެއްމީހުން ސަމާލުކަންދެއެވެ. އަނެއްބައިމީހުން ތިމާގެ ހުރި ކަންނެއްކަމުގެ ސަބަބުން ހަށިގަނޑަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން ނުތިބެޔެކޭ ނުބުނެވޭނެތާއެވެ. ބޭނުން ހާވަރަކަށް ކާ ގެން ފުރާ މީހުން ވެސް އެބަ އުޅެއެވެ. މިފަދަ މީހުންގެ ހަށިގަނޑަށް ބަދަލު އަންނާނީ ކެއުމަށް ކޮންމެވެސް ވަރަކަށް ބަލައިގެންނެވެ.
އަހަރެމެން ބޮޑެތިވަމުން އައިއިރު “ރާންބޯ” މެން ވެލިބަސްތާ ކޮނޑު ޖަހާލައިގެން ދާއިރު އޭނާ ގަޔަށް އެރާލާފައި ހުންނަ ކަޓުތައް ލިބޭނެބާއޭ ހިތަށް އަރައެވެ. ނުވަތަ އެފަދަ ހަށިގަނޑެއް ބައްޓަން ކުރެވިދާނެބާއޭ ހިތަށް އަރައެވެ.
ރީތި ހަށިގަނޑެއް ހޯދުމަށް ކޮންމެ މީހެއްވެސް ކުރާ ދަތުރުގައި އެކި މީހުން ޚިޔާރު ކުރަނީ އެކި އޮޑިއެވެ. ބަޔެއްމީހުން ފިޓްނަސް ސެންޓަރެއްގައި މެމްބާޝިޕް ހަދައެވެ. އަނެއްބައިމީހުން އައުޓްޑޯ ކޮންމެވެސް ކުޅިވަރެއް ކުޅެން އާދަކުރެއެވެ. ހަށިގަނޑު ރީތިކުރުމަށް މޫދަށް އެރި ފަތާމީހުންވެސް މަދެއްނޫނެވެ. ނެޓްބޯޅަ ދަނޑަށް ބަލާލުމުންވެސް މިކަން ވަރަށް ރަގަޅަށް އެގިގެން ދާނެއެވެ.
ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ހުރިވަރު ހޮޓަލަށް ދިޔުމުގެ ބަދަލުގައި ހަވީރު ފުޓްބޯޅަ، ފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ. މޫދަށް އެރުމަކީ ހަށގަނޑުގެ ހުރިހާ ގުނަވަނަކަށް ކަސްރަތުލިބޭ ކަމެކޭ ބުނެޔެއްނޫން ހެއްޔެވެ. މޫދު ކުޅިވަރަކީ ހަށިގަނޑު ވަރަށް ރީތިކޮށްދޭ ކަމެކެވެ.
ކޮންމެ މީހަކަށްވެސް އެމީހާ ބޭނުންވާ ހަށިގަނޑު ލިބިދާނެއެވެ. ބޭނުންވަނީ ހިތްވަރެކެވެ. މަސައްކަތްކޮށްފިއްޔާ ތިހިރަ ބަނޑުގަނޑު ވިރުވާލެވޭނެ އެއްޗިއްސެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ހުރިވަރު ހޮޓަލަށް ދިޔުމުގެ ބަދަލުގައި ހަވީރު ފުޓްބޯޅަ، ފަދަ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް އާދަކުރާށެވެ."

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ