
އިއްޔެ މަހަށް ދިޔާ މީހުން އައީ މާޅެންދޫ އަށްޤ ބޭނި ހުރިހައި މަސްތަކެއް ވިއްކާފައެވެ. އެންމެ ކަޅު މަހެއް ފިޔަވައެވެ. މަހަށް ދިޔަ މީހުން ބުނާ ގޮތުން ނަމަ މަސް ރަށުން ބޭރަށް ވިއްކުމުން މާ ބޮޑަށް ފައިދާ ވެއެވެ. ގެރެންޓީ އާއި އެކު މަހުގެ ލާރިކޮޅު ވަގުތުން ލިބެއެވެ. ނަމަވެސް ލަންދޫއަށް މަސް ވިއްކަން ފަށާއިރަށް އެއް އަޑަކުން ގޮވަނީ ޖަހާލާ ޖަހާލާ މިހެންނެވެ. މިގޮތަށް ޖަހާފަ ގެންދިއުމުގެ ސަބަބުން އަދިވެސް ނުލިބޭ ތިރީހަކަށް ހާސް ރުފިޔާ އެބަހުރިކަމަށް ފަސް އެނދުގެ ކެޔޮޅު އަޒީ ވަނީ މަޢުލޫމާތު ދެއްވާފައެވެ. މި ބުނާ ޖަހާލާ ޖަހާލާ ކިޔުމުގެ އާދަ އަޅުގަނޑުމެންގެ ތެރެއިން ކަނޑުވަން ވެއްޖެއެވެ.
0 ޚިޔާލު: on "އިޔެވެސް މަސްކޮޅު ވިއްކީ މާޅެންދޫ އަށް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ