
ލަންދޫ "ހޮޓެލްހުރިވަރު" މިރޭގެ 00؛12 އަށް ފަހު ބަންދުކުރާނެކަމަށް އެހޮޓަލުގެ ވެރިފަރާތުން ހާމަކުރައްވައިފިއެވެ. ލަންދޫގައި މިހާރު ކެފޭއެއްގެ ޚިދުމަތް ދެމުންއަންނަ ހަމައެކަނިތަން ކަމުގައިވާ "ލަންދޫ ހުރިވަރު "(ސައިހޮޓާ) މިރޭން ފެށިގެން މޫސަބެ އެޚިދުމަތް ނުދޭގޮތަށް ބަންދުކުރާނެކަމަށް މޫސަބެ މިއަދު ހާމަކުރައްވައިފިއެވެ.
ހުރިވަރު ހޮޓަލްގެ ވެރިޔާ ނ.ލަންދޫ ވީވަރު އަލްފާޟިލް މޫސާ ޚާލިދުމިއަދު ލަންދޫ ހެޑްލައިންސަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮޓާ ހިންގުމަކީ ވަރަށްފައިދާވާ ކަމެއްކަމަށާއި ، އެފައިދާއާއި، އެއްވަރަށް ވަރަށް ބުރަވެސް މަސައްކަތެއްކަމަށެވެ.
" ކިތޭމެހާ ވެސް ލާރި ލިބޭ. އެކަމަކު ގޮރުލާނެ ވަގުތެއް ވެސް ނުލިބޭ. އެހެރެ ލޯބިން ގެންގުޅުނު " ކަނޑޫމާގެ" ގައި ދަވާދު ފިއްސެއްވެސް ނުލެވޭތާ ކޮން ދުވަހެއް ". ވަރަށް ދެރަވެ އިދެ މޫސަބެ ވާހަކަ ދައްކަމުން ބުންޏެވެ.
ގިނަބައެއްގެ ފަތިހުގެ ކޮފީތައްޓާއި، ހަވީރުގެސައި އެތަނަކުން ލިބިގަންނަމުން އަންނަ ހޮޓަލް ހުރިވަރު ބަންދުރުކުރުމުން މިހޮޓަލުން ޚިދުމަތް ހޯދުމަށް އާދެވެފައިވާ ލަންދޫގެ ޒުވާނުންނާއި، ދެބައިޢުމުރުގެ ބޭފުޅުންނަށް އަދިވެސް ހަމަ މިހޮޓެލުން ހިދުމަތަތް ލިބޭނެ ކަމުގައިވެސް މޫސަބެ ބުންޏެވެ. އަދި މިހާރު މަހަކު 3500 ރުފިޔާއަށް އަބުދުލް އަޒީޒު ( ބަހާރޭ ) އަށް ވަނީ ކުއްޔަ އަށް ހޮޓާ ދީފައެވެ.
0 ޚިޔާލު: on "ލާރި ލިބޭ އެކަމަކު ގޮރުލާނެ ވަގުތެއް ވެސް ނުލިބޭ - މޫސަބެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ