
އިއްޔެއަށްވުރެ މިއަދު މަހުގެ އަގު ވަނީ ދަށްވެފައެވެ. އިއްޔެ =/100 ރުފިޔާއަށް ލިބުނު ގޮރު ކަންނެލި މިއަދު ވިއްކާފައިވަނީ =/60 ރުފިޔާއަށެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް ކަންނެއްޔާއި ފަސްދޮޅަހަކަށް ކަނޑުމަހާއި ލައްޓި ވަނީ ބަހާރޭމެންގެ "ފަސްއެނދު" މިއަދު ބާނާފައެވެ. އަދި މިއަދު މަސްގަންނަން މަސްއޮޑި އަތިރިއަށް ދިއުމުން ބުނަން ނޭނގޭ ކަހަލަ ތަފާތު މަންޒަރެއްވެސް ވަނީ ފެނިފައެވެ. ދޯނިން މަސް އެއްގަމަށް އުކަމުން ދިޔަވަގުތު ތަކުގައި މަސް ގަންނަން ގޮސް ތިބި ބައެއް ފަރާތްތަކުން ވަނީ ވައިގެ ތެރޭގައި މަސް ހުއްޓާ އަތުލައިގެންފައެވެ. އަދި އަޑުގަދަ މީހާ ރުށް ގިނަވާނޭ ބުނާ އުސޫލުން ކަން ކުރަމުންގެންދާ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.
0 ޚިޔާލު: on "އިއްޔެއަށްވުރެ މިއަދު މަހުގެ އަގު ވަނީ ދަށްވެފައި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ