Sunday, September 19, 2010

މިކުރެވެނީވެސް ޕަރކްބާ؟




އަޅުގަޑުމެންގެ މިރަށަކީވެސް އަތޮޅުގެ ނިސްބަތުން ބަލާފައި ބައިސްކާލާއި ސައިކަލް ގިނަރަށެކެވެ. އެހެން ނަމަވެސް މިއުޅަދުތައް ބޭނުން ކުރާމީހުންގެ ތެރެއިން ގިނައީ މަގުމަތީގެ ގަވައިތައް އެހާރަގަޅަށް ނޭގޭ މީހުންނެވެ. މަގުގެ އެއްކައިރިން ނުހިގުމާއި ޑަބަލް ސީޓް ކޮއްގެ ދުވުމާއި ބައްތި ނުދިއްލަ ދުއްވުމަކީ އެހާ ބޮޑުކަމެއްގެ ގޮތުގައި ނުދެކުނަސް ގާނޫނުގައި ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ފާހަގަ ކުރަށްވާފައި ވާ ކަންތައްތަކެވެ.
ދެން އޮތީ ދުއްވާ އެއްޗެތި ޕާރކް ކުރުމެވެ. އެމީހަކަށް ޖެހުނު ތާކު ޖެހުނު ގޮތަކަށް ޕަރކްވެސް ކުނީއެވެ. މަގުހިގާމީހުންނަށް އުދަގޫވިޔަށް އެއްމެރަގަޅެވެ. ފާރުކައިރީގައި ބަހައްޓާ ބައިސްކަލް ނެރެވޭނީ ދެތިން ބައިސްކަލް ދުރަށް ޖެއްސުމަށް ފަހުގައެވެ. އެހެން މީހުންނަށް ވާނެ އުދަގުލަކަށް ފަވާލެއް ނެތެވެ. ހަރުނެތިއްޔާ ފާރުގަ ނުވަތަ ދެންޖެހިގެން ހުންނަ ބައިސްކަލްގައި ލައްކޮށްލާފައި ދިއުމަކީ އާއްމުކަމެކެވެ. ބައިސްކަން ވައްޓާލާފައި ބޭއްވުމަކީވެސް ގިނަމީހުން ދެކޭގޮތިގައި ޕާރކް ކުރުމެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ދާނީ ހުކުރު ދުވަސް ދުވަހު ހުކުރު މިސްކިން ކައިރިންނެވެ.
މިއީ މިއަދު އަޅުގަނޑުމެން ސިފައި އައިސް ބަލާ ޖޫރިމަނާކޮށް ނުހެދިކަމުގައިވިނަމަވެސް ރަގަޅު ކުރަންވެއްޖެ ވަރަށް މުހިއްމުކަމެކެވެ. ބެއްޔަށް ނުބެއްޔަސް ޤާނޫނު ވާނީ ހަމަ ޤާނޫނަށެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިކުރެވެނީވެސް ޕަރކްބާ؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ