
ރަށުގައި އުޅުނު ތިންމީހެއްގެ ދަހި ވާހަކަ މުޅިރަށުގައި ދައްކަން ފަށުމުން އެމީހުން އެކަމާ ފިކުރު ކޮށް އެމީހުންގެ ފައިސާ އިން ކޮންމެވެސް ބައެއް ރަށުމީހުންނަށް ބެހުމަށް ނިންމައިފިއެވެ. އެކަކު ބުންޏެވެ.
އަހަރެން ބިން މަތީގައި ވަށްބުރެއް ކުރަހާނަމެވެ. ފައިސާ ތަށްމައްޗަށް އުކާލުމުން، ބުރުގެ ތެރެއަށް އެޅޭ އެއްޗިހި އެއީ އަހަންނަށެވެ. އަދި ބުރުގެ ބޭރަށް ދާ ފައިސާ ރަށުމީހުންނަށް ބަހާނީއެވެ. ދެވަނަ މީހާ ބުންޏެވެ.
އަހަރެން ބިންމަތީގައި ރޮނގެއް އަޅަނަމެވެ. ކަނާތް ފަރާތަށް ދާ ފައިސާ އަހަންނަށެވެ. އަނެއްބައި ބަހާނީއެވެ. ތިންވަނަ ދަހި މީހާ ބުންޏެވެ.
އަހަރެން ފައިސާ ތަށް މައްޗަށް އެއްލުމުން ބިންމައްޗަށް ވެއްޓޭ ފައިސާ އަހަންނަށެވެ. ނުވެއްޓި ހުންނަ ފައިސާ އަހަރެން ބަހާނެމެވެ.
0 ޚިޔާލު: on "ހަފުތާގެ ޖޯކު: ފައިސާ ބަހާނެ މޮޅުގޮތެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ