ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިންގެ އުއްމީދާއި ގުޅިފައިވާ " އާރުއެސް ލިޔެސް ހޮލިޑެކަޕް 2010 " ޔަކީ ކޮލިޓީ ރަގަޅު މުބާރާތަކަށް ހެދުމަށް ލިޔެސް އިން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ލަންދޫ ޔޫތް އެންކަރޭޖިން ސޮސައިޓީގެ ރައީސް ހަފްސީ އަބުދުއްﷲ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހރުގެ މުބާރާތުގައި ދިމާވި އެންމެ ބޮޑު މައްސަލަ މިފަހަރު ދިމާވިޔަ ނުދިނުމަށްޓަކއި މިހާރު މިދަނީ މަސައްކަތް ކުރަމުންނެވެ. " ރެފްރީންގެ މައްސަލަ ހައްލު ކުރުމަށް މިފަހަރު ވަރަށް މަސައްކަތް ކުރާނަން " މުބާރާތުގެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރައީސް ހަފްސީ އަބުދުއްﷲ ވިދާޅުވިއެވެ.
ލިޔެސް ހޮލިޑެކަޕް 2008 ގެ ފައިނަލް މެޗުގައި ވަނީ ރެފްރީންގެ ފަރާތުން ވަރަށް ބޮޑެތި ގޯސްތަކެއް ފެނިފައެވެ.
0 ޚިޔާލު: on "ރެފްރީންގެ މައްސަލަ ހައްލު ކުރުމަށް މިފަހަރު ވަރަށް މަސައްކަތް ކުރާނަން - ހަފްސީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ