Tuesday, October 12, 2010

ދެއަނބީންނާ އެއްފަހަރާ ގުޅުން ހިންގުމުގެ ޙުކުމް

މީލަންދޫގެ ފުޓޯއެއްނޫނެވެ.

ދެއަނބީންނާ ކައިވެނިކޮށްގެން އުޅެމީހެއް ކަމުގައިވިޔަސް ދެމީހުނާ އެއްފަހަރާ ގުޅުން ހިންގުމަކީ ހުއްދަވެގެން ވާ ކަމެއް ނޫނެވެ. ސަބަބަކީ އެދެ އަންހެނުންގެ ޢައުރަ އެއްކޮށް ކަޝްފުކުރުން ހުއްދަވެގެންވަނީ ހަމަ އެކަނި ފިރިހެންމީހާގެ ކުރިމަތީގައެވެ. ނަމަވެސް އެދެ އަންހެނުންނަށް އެކަކުގެ ޢައުރަ އަނެކަކު ކުރިމަތީ ކަޝްފުކުރުން ހުއްދަވެގެންނެއް ނުވެއެވެ. އެންމެބޮޑުވަރަކަށް ވެސް ޢިލްމުވެރިން ވިދާޅުވަނީ އަންހެނަކަށް އަނެއް އަންހެނާގެ ޢައުރަދެއްކުން ހުއްދަވެގެން ވަނީ ފޫޅާ ކަކުލާ ދެމެދުނޫން އެހެންތަންތަނެވެ.

މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެފާނު ވިދާޅުވެފައިވަނީ ” ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލައްލަމް އަނބިކަނބަލުންނާ އެކަހެރިވެވަޑައިގަންނަވާއިރު އެއްވެސް މީހަކަށް ނުފެނެއެވެ. އަދި އަޑެއްވެސް ނުއިވެއެވެ. ހަމަ އެހެންމެ އެއްވެސް މީހަކަށް ފެންނަހިސާބުގައި ބޮސްދީވެސް ނުހައްދަވައެވެ. “

އަދިހަމަ އެހެންމެ އެފަދަކަމެއް ކުރުމަކީ މުރޫއަތް ތެރިކަމާވެސް ޚިލާފު ލަދުވެތި ހުތުރު ކަންބޮޑުކަމެކެވެ. އަދި ކިއެއްތަ އެއީ ލަދުޙަޔާތް ކެނޑިފައިވާ، އިންސާނުންގެ ތެރެއިން ޖަނަވާރުންގެ ދަރަޖަޔަށް ވެއްޓިފައިވާ މީހުން ކުރާފަދަ ކަންތަކެވެ. އެފަދަ ކަންތަކުން އަޅުގަނޑުމެން މުސްލިމުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭނެއެވެ. ﷲ ގެ ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ ((اذا لم تستحي, فاصنع ما شئت)) البخاري މާނައީ ” ތިބާ ލަދުނުގަންނަނަމަ ބޭނުން ހުރިހާ ކަމެއް ކުރާށެވެ.” މުރާދަކީ ލަދުޙަޔާތް ނެތްމީހަކު ހިތަށް އެރި ހުރިހާކަމެއް ކުރާނެއެވެ. ވީމާ އަޅުގަނޑުމެން މީސްތަކުންނަށް ނުފެންނަ ތަނެއްގައިނަމަ ﷲ ބައްލަވައި ވޮޑިގަންނަވާކަން ދަނެ އެކަލާންގެއަށް ލަދުވެތިވުން ހުއްޓެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ދެއަނބީންނާ އެއްފަހަރާ ގުޅުން ހިންގުމުގެ ޙުކުމް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ