Tuesday, June 8, 2010

ދޮންވެލި ލުން މިއަދުގެ ހަވީރު އޮންނާނެ





މިއަހަރުގެ ފިފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށްޓަކައި ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ޖަމުއްޔާއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސްޓޭޖް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ނިންމާ ދޮންވެލި ލުން މިއަދުގެ ހަވީރު އޮންނާނެ ކަމަށް މިކަމުގައި ލިޔެސް ގެ ފަރާތުން އެންމެ އިސްކޮށް އުޅޭ އަބުދުއްﷲ އާރިފް ( ބަކިސް ) ބުނެފިއެވެ.
ރޭގައިވަނީ މާލޭން ގެނައި ވާގަޑާއި ސުކޮރީން ޓެސްޓް ކުރެވިފައެވެ.
ޓީމްތަކުގެ ސަޕޯޓަރުން ޖާޒީ ހޯދައި މިހާރުވެސް ދަނީ ޖޯޒީ ބޭނުން ކުރަމުންނެވެ. އަދި ދިދަ ފަތި ތަކާއި ބޮޑެތި ކުރެހުންތައް ދަނީ ތައްޔާރު ކުރަމުންނެވެ.
ތިންބައި މީހުން މިފަހަރު ވާދަ ކުރަމުން ދާތީވެ މިފަހަރުގެ ވޯލްޑްކަޕް ލަންދޫގައި މިވަނީ ފޯރި ގަދަ ވެފައެވެ. މިހެންވެ ލިޔެސްގެ ކުދިން ދަނީ އެހެން މީހުންނަށް ވުރެ ފުރި ހަމަ ކުރުމަށް އެ ތަށް މަސައްކަތެއް ކުރަމުންނެވެ. ތަފާތު ގޮތްގޮތަށް ޒީނަތްތެރި ކުރަމުންނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ދޮންވެލި ލުން މިއަދުގެ ހަވީރު އޮންނާނެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ