
ސަންޝައިން އޮޕްޓިކަލްސް ކިޔާ މާލޭގެ ކުންފުންޏަކާއި، ނ.އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ބައެއްސިއްޙީ މަރުކަޒުތައް ގުޅިގެން ނ.އަތޮޅުގެބައެއް ރަށްރަށުގައި ދެމުންދާ އައިކޭމްޕްގެ ބޭފުޅުން މިހާރު ތިބީ ނ.ލަންދޫ ގައެވެ. މިއައިކޭމްޕްގައި ހިލޭ ނަމްބަރު ނަގައިދިނުމާއި، %50 ޑިސްކައުންޓަކާއި، އެކު މޮޅު ދުނިގަނޑުގައި އައިނު ހަދައިދިނުމާއި، އަދި ލޮލުގެ އެކިއެކި ބަލިތަކަށް ފަރުވާދިނުމަށް ހަމަޖެހިފައިވެއެވެ.
މިއީ ލަންދޫގައި ތިބި ޢުމުރުންދުވަސްވީ މީހުންނަށާއި، ލޮލުގެ އެކިއެކި މައްސަލަތައް ދިމާވެފާވާ މީހުންނަށް ލިބިގެންދާ ރަގަޅު ފުރުޞަތެއްކަމުގައި ލަންދޫ ހެލްތްސެންޓަރ ހިންގުމާއި ޙަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތް ވާރކަރަ އަލްފާޟިލް ފަރުހާދު ހުސެއިން ވަނީ މިއަދު ވިދާޅުވެފައެވެ.
0 ޚިޔާލު: on "ހާދަ ސާފޭ، ހާދަ ސާފޭ، ލޮލުގެ ޓެސްޓެއް ހަދާލީމައި އެނގޭނީ ލޮލުގައި ހުރި މައްސަލަ - ސޮޕަޓް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ